މަސައްކަތް
ނަންބަރު: (IUL)232-AG/232/2018/16
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 15 ނޮވެންބަރު 2018 13:15
މާލެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަރިއްކޮޅު ތައްޔާރު ކުރާނެ ފަރާތެއް ހޯދުން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަރާތުން ބާއްވާ " މުއައްސަސާތަކުން ފޯރުކޮށްދޭ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙައްޤުތައް ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށް ދިނުން "  މަސައްކަތު ބައްދަލްވުމާއި ގުޅިގެން ވަޑައިގަންނަވާ ފަރާތްތަކަށް ދުވާލަކަށް މީހަކަށް -/200 ރުފިޔާއަށްވުރެ ބޮޑުނޫން އަގެއްގައި ފަރިއްކޮޅު އަމިއްލަ ތަކެތީގައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުން ވެއްޖެއެވެ.

ބައިވެރިންގެ ފަރިއްކޮޅު ތައްޔާރުކުރާ ފަރާތުގެ ކެއުމުގެ ފެންވަރާއި ސާފުތާހިރު ކަމަށް އިސްކަން ދެއްވައިގެން މަރސް ދެވޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 ނޮވެމްބަރ 08 ވާ ބުރާސްފަތި ދުވަހުގެ 13:15 އަށް   މިއިދާރާގެ ކޮންފެރެންސް ހޯލަށް  ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2018 ނޮވެމްބަރ 15 ވާ ބުރާސްފަތި ދުވަހުގެ 13.15 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

04 ނޮވެންބަރު 2018