ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2018/82
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 12 ނޮވެންބަރު 2018 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތި ކޮމިޓީ އެކުލަވާލުމާބެހޭ

އިޢުލާން

           މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިޢުލާން ކުރެވިގެން ކ. ހިންމަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 1600 އަކަފޫޓްގެ 70 ގޯތީގެ ތެރެއަށް 30 ގޯތި އިތުރުކޮށް، މިހާރު 100 ގޯތި ދޫކުރުމުގެ ހުއްދަ ވަނީ އެމިނިސްޓްރީ އިން ދެއްވާފަ އެވެ. އަދި މި ގޯތިތައް ދޫކުރުމުގެ އެންމެހައި މަސައްކަތްތައް މިކައުންސިލުން ކުރުމަށް ވަނީ އަންގަވާފަ އެވެ.

           ވީމާ، ގޯތި ދިނުމާބެހޭ އެންމެހާ މަސައްކަތްތައް ކުރުމަށްޓަކައި ގޯތި ކޮމިޓީއެއް އެކުލަވާލުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ޢާއްމުފަރާތްތަކުން 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އައި ޑީ ކާޑުގެ ފޮޓޯކޮޕީ އާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

           މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2018