ދިވެހިރާއްޖެ
އިޢުލާން
ގެއެއް ކުއްޔަށް ހިފަންބޭނުންވެއްޖެ:
2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ހޯދުމަށް ބޭނުންވާތީ އެކަމަށްއެދި އިޢުލާންކުރަމެވެ.
ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފުޞީލް |
ތަން |
ތާރީޚާއި ގަޑި |
މަޢުލޫމާތުދިނުމުގެ ބައްދަލުވުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
07 ނޮވެންބަރ 2018 ވާ ބުދަ ދުވަހުގެ 11:00ގައި |
އަންދާސީހިސާބު ހުށަހެޅުން |
މަޑިފުށީ ސްކޫލުގެ އޮފީސް |
12 ނޮވެންބަރ 2018 ވާ ހޯމަ ދުވަހުގެ 11:00 ގައި |
ކުންފުނި ނުވަތަ އަމިއްލަ ފަރާތެއްގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެ ކުންފުންޏެއް ނުވަތަ އެ ފަރާތެއްގެ ސިޓީއެއް ގެންނަވަންވާނެއެވެ. މަޢުލޫމާތުދިނުމުގެ ސެޝަނަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
4 ނޮވެންބަރ 2018