ނީލަން
ނަންބަރު: (IUL)227-GA/PRIV/2018/3
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 13 ނޮވެންބަރު 2018 13:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އައުޓްބޯޑު 4 އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުން

 

މިއިދާރާގެ "މާމުލި" ލޯންޗުން ބައުވެގެން  ނަގާފައިވާ ޔަމަހާ 200ގެ ފޯރ ސްޓްރޯކް 2 އިންޖީނާއި، ޔަމަހާ 200ގެ ޓޫ ސްޓްރޯކް 2 އިންޖީނު ސިޓީލައި ނީލަމުގައި ވިއްކާލުމަށް ހުށައަޅަމެވެ.

އިންޖީނާބެހޭ މަޢުލޫމާތު:

ނީލަން ނަންބަރު

ބާވަތް

ސީރިއަލް ނަންބަރު

އިތުރު ތަފްޞީލް

1

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6G6X1019063

ބުރަފަތި ނެތް

2

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6G6X1019064

ބުރަފަތި ނެތް

3

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6S11003194

ގިޔަރު ހަލާކުވެފައި

4

އައުޓް ބޯޑު އިންޖީނު ޔަމަހާ 200ގެ

6S11003195

ގިޔަރު ހަލާކުވެފަ

 

                  ޔަމަހާ 200ގެ ފޯރ ސްޓްރޯކް އިންޖީނަކާއި، ޓޫ ސްޓްރޯކް އިންޖީނަކާ ޕެއަރކޮށް ނީލަން ފެށޭއަގަކީ -/30,000 (ތިރީސްހާސް)ރުފިޔާއެވެ. އަދި އިންޖީނަކަށް ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/3,000 (ތިންހާސް) ރުފިޔާއެވެ. ކޮންމެ ދުވަހަކުވެސް ހުށައެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 7 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް  ނީލަން ނިމޭނެއެވެ.

                  ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2018 ނޮވެންބަރު 4 ވާ އާދީއްތަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ ކޮންމެ ޕެއަރއަކަށް ވަކިން އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމުގައެވެ. މިފޯމު އަދި އައުޓްބޯޑު އިންޖީނާބެހޭ މައުލޫމާތާއި ފޮޓޯ މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމު ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލްގެ ޒަރީއާއިންވެސް ހުށައެޅިދާނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި އިންޖީނު ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

 

01 ނޮވެންބަރު 2018