ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު
މަޤާމު: އެގްޒާމް އިންވިޖިލޭޓާރ
ބޭނުންވާ އަދަދު: 05 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 03 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 02 އިންވިޖިލޭޓަރުން)
އެގްޒާމް އިންވިޖިލޭޓަރ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަަ ޓާރމްގެ ފައިނަލް އިމްތިޙާނު ހދ.ކުޅުދުއްފުށި ކެމްޕަހުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ބޭނުންވެއެވެ.
|
މަޤާމު: |
އެގްޒާމް އިންވިޖިލޭޓާރ |
|
ބޭނުންވާ އަދަދު: |
05 (ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް 03 އިންވިޖިލޭޓަރުން، ޢާންމު އިމްތިހާނުތައް އިންވިޖިލޭޓްކުރުމަށް 02 އިންވިޖިލޭޓަރުން) |
|
އޮފީސް: |
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ހދ.ކުޅުދުއްފުށި ކެމްޕަސް |
|
އުޖޫރަ ދެވޭނެގޮތް: |
މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ) |
|
މަޤާމުުގެ ޝަރުތު: |
މަތީގައިވާ ޝަރުތުތަކުގެ އިތުރުން ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ އިމްތިހާނު ހެދުމަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.
ނޯޓް: މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ. |
|
މަސައްކަތް ކުރަންޖެހޭ ގަޑިތައް: |
އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ 08 ނޮވެމްބަރު 2018 އިން 24 ނޮވެމްބަރު 2018 އަށް، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑުއެވެ. |
|
މަޤާމުގެ މަސްއޫލިއްޔަތުތައް: |
އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން. |
|
އެޕްލިކޭޝަން ސުންގަޑި: |
މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 06 ނޮވެމްބަރު 2018 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުޅުދުއްފުށި ކެމްޕަހުގެ އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. |
|
ހުށައަޅަންޖެހޭ ލިޔުންތައް: |
http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-1.pdf
|
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6527761 އަށެވެ. |