1- ސްކޫލުގެ ކިޔަވައިދިނުމުގެ ގައިޑްލައިނާ އެއްގޮތަށް ހުރިހާ ދަރިވަރުން ޝާމިލުކޮށް އުފެއްދުންތެރިގޮތެއްގައި އުނގަންނައިދިނުން
2- މުޅިއަހަރުގެ މުޤައްރަރު 2 ޓާރމަށް ބަހައި ސްކީމް ތައްޔާރު ކުރުން.
3- ދަރިވަރުންގެ ސްކޫލުގެ އުޞޫލުތަކާއި އެއްގޮތަށް ފެންވަރު ވަޒަންކޮށް ދަރިވަރުންނަށް ހާޞިލު ނުވާ ބައިތައް ސްކޫލުން ދަރިވަރުންނަށް ހާޞިލުކޮށްދިނުން
4- ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން.
5- ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ތަކުގައި ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން.
6- އިސްލާމް ، ޤްރުއާން ، ދިވެހި ، ޕީއީ އަދި ޕީއޭ ފިޔަވައި އެހެން މާއްދާތައް ކިޔަވައި ދެއްވާ ގަޑިތަކުގައި ދަރިވަރުން އިނގިރޭސި ބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުން.
7- ދިވެހި ބަހުން ވާހަކަ ދައްކާ ގަޑިތަކުގައި ރީތި ދިވެހި ބަސް ބޭނުން ކުރުމަށް ބާރު އެޅުން.
8- ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން.
9- ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން.
10- ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަން އެންގެވުން.
11- މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ.
12- ދަރިވަރުންނަށް ރީތި އާދަ ދަސްކޮށްދިނުމުގައި ސްކޫލު އެތެރޭގައިއާއި ބޭރުގައި ނަމޫނާ ދެއްކުން
13- ދަރިވަރުންނަށް އުނގެނުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަށް މަސައްކަތުގެ އާދަތަކަށް ފަރުވާތެރިވެ ދުވަހުން ދުވަހަށް މަސައްކަތުގެ އާދައާއި އަޚްލާގު ޗެކްލިސްޓް ބެލުން
14- ސްކޫލުން އަންގާ ގޮތެއްގެ މަތިން ދަރިވަރުގެ އަޚްލާގާއި، މަސައްކަތުގެ އާދައާއި ކިޔެވުމުގެ ފެންވަރާއި ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތުދިނުން
15- ގަވާއިދުން ރެޕްކާއަށް ދަރިވަރުން ހާޞިލުކުރަމުންދާ މިންވަރު އަޅަމުންދިއުން
16- ކިޔަވައިދިނުމުގެ އިތުރުން ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ޙަވާލުވެފައިވާ ހަރަކާތެއް ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ.
17- ދަރިވަރުންގެ ކިބައިން ފެންނަ ނުރަނގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދިނުން
18- ސްކޫލް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ވާނެއެވެ.
19- އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ.
20- ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބެލެހެއްޓުން
21- ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެވަގުތަކު އެކްލާހުގައި ހުންނަވާ މުދައްރިސެކެވެ.
22- ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ.
23- އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.
|