ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-FLBMSDS1/138/2018/146
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 08 ނޮވެންބަރު 2018 14:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މަގުހެދުމުގެ މަސައްކަތްކުރުމަށްޓަކައި ތަކެތި ބެހެއްޓުމަށް ކަޑައެޅިފައިވާ ސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތް ހޯދުން

ފުވައްމުލަކު މަގުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާތަކެތި ބެހެއްޓުމަށް މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތު މަގުގެ ދެކުނު ފަޅިން ދަޑިމަގު ފްލެޓް ސަރަހައްދުގެ ހުޅަގުން އޮތް ދަޑިމަގު ބޮޑުބީވާ ހިމެނޭ ސަރަހައްދުން ކުރީގެ ރޯޑްކޯޕަރޭޝަންގެ މަސައްކަތައް ބޭނުންކުރި ބިމުގެ ދެކުނު ފަރާތުގައި ނަންބަރ 01 އިން 35 އާއި ހަމަޔަށް ނަންބަރު ޖަހާފައިވާ ނުފޯދޭ ރުއްތަކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ.

  ވީމާ މިރުއްގަހުގެ ވެރިފަރާތުން 08 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން އެރުއްގަހަކީ ރަޖިސްޓްރީ ކުރެވިފައިވާ ރުއްގަސްކަން ނުވަތަ ރުއްގަހުގެ މިލްކުވެރިކަން އެގޭނެ ލިއުމަކާއިއެކު ފުވައްމުލަކު ލޭންޑް ބިލްޑިންގް އެންޑް މުނިސިޕަލް ސާވިސަސް ޑިޕާޓްމެންޓް/ އުތުރު ސެކްޝަނަށް ހުށަހެޅުއްވުން އެދެމެވެ.

01 ނޮވެންބަރު 2018