ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-PR/227/2018/54
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:23
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފަރުކޮޅު ހިމާޔަތްކުރުން

އިޢުލާން

ށ.ފަރުކޮޅު ހިމާޔަތްކުރުން

ޤާނޫނު ނަންބަރ: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއަށް ލިބިދޭ ބާރުގެ ދަށުން 2018 އޮކްޓޯބަރ 07 ވަނަ ދުވަހުން ފެށިގެން ށ.ފަރުކޮޅު ވަނީ ހިމާޔަތް ކުރައްވާފައެވެ.

ވީމާ، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ނަންބަރ:      (IUL)438-ENV/438/2018/262 (07 އޮކްޓޯބަރ 2017) އިޢުލާނުގައި ފާހަގަކުރައްވާފައިވާ ށ.ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކުގައި ކުރުން ހުއްދަނޫން އެއްވެސްކަމެއް ނުކުރުމަށް ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ. ޙަވާލާ ދެވުނު އިޢުލާން އަދި ހިމާޔަތްކުރެވިފައިވާ ސަރަޙައްދުގައި ކުރެވޭނެ އަދި ނުކުރެވޭނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ކަނޑައަޅުއްވާފައިވާ ކަންކަމުގެ މަޢުލޫމާތު މިއިދާރާގެ ވެބްސައިޓް shaviyani.gov.mv އިން ލިބެން ހުންނާނެއެވެ.               

23  ޞަފަރު 1440

01 ނޮވެމްބަރ 2018

01 ނޮވެންބަރު 2018