ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-PR/227/2018/53
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 13:22
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހުއްދަނެތި އާންމު ބޭނުންތަކަށް ށ.ފަރުކޮޅަން އެރުން މަނާކުރުމާއި ބެހޭ

އިޢުލާން

ހުއްދަނެތި ށ.ފަރުކޮޅަން އެރުން މަނާކުރުމާއި ބެހޭ

ޤާނޫނު ނަންބަރު: 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި ބެހޭ ޤާނޫނު) ގެ ދަށުން 2018 އޮކްޓޫބަރ 07 އިން ފެށިގެން ށ.ފަރުކޮޅަކީ ޙިމާޔަތްކުރެވިފައިވާ ސަރަހައްދެއްކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމް އަދި އުޞޫލުތައް ޤާއިމްކުރުމުގެ މަސައްކަތް އީ.ޕީ.އޭ އިން އަންނަނީ ކުރައްވަމުންނެވެ. އެހެންކަމުން، މިސަރަޙައްދު ބެލެހެއްޓުމުގެ ނިޒާމް އަދި އުޞޫލުތައް ޤާއިމްކުރެވެންދެން ށ.ފަރުކޮޅު ބެލެހެއްޓުމުގެ މަސްޢޫލިއްޔަތު ވަނީ މި ކައުންސިލާއި ޙަވާލުކޮށްފައެވެ.

ވީމާ، މަތީގައިވާ ތާރީޚުން ފެށިގެން އާއްމު ބޭނުންތަކުގައި މިކައުންސިލްގެ ހުއްދަނެތި   ށ.ފަރުކޮޅަށް އެރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.  އަދި ށ.ފަރުކޮޅަށް އެރުމާއި އެކަމަށް ހުއްދަދިނުމުގައި މިކައުންސިލުން އަމަލުކުރާނެ އުޞޫލު އެކުލަވާލާ އަވަސް ފުރުޞަތެއްގައި އާންމު ކުރެވޭނެއެވެ.

 

23  ޞަފަރު 1440

01 ނޮވެމްބަރ 2018

01 ނޮވެންބަރު 2018