ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2018/55
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 13 ނޮވެންބަރު 2018 13:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެގްޒެމިނަރެއް ބޭނުންވެއްޖެ.

އިޢުލާން

 

ސީ ޒޯން ލައިސަންސް ދޫކުރުމަށްޓަކައި އެގްޒެމިނަރެއް ބޭނުންވެއްޖެ.

 

މިރަށުގައި ސީ ޒޯންލައިސަންސްގެ ޚިދުމަތް ދިނުމަށްޓަކައި ސީ ޒޯން ލައިސަންސްގެ އެގްޒެމިނަރެއް ހޯދުމަށްޓަކައި ފުރުސަތު ހުޅުވާލަމެވެ. އެގްޒެމިނަރ ކަމަށް ޝަޢްޤްވެރިވާ ފަރާތްތަކުން 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 13:00 ކުރިން ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

 

ޝަރުޠު:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް އޮތުން.
  • އަސާސީ ތަޢްލީމްގެ ފެންވަރަށް ލިޔަން ކިޔަން އެނގުން.
  • ރަށުގައި ޢާއްމުކޮށް ދިރިއުޅޭ ފަރާތަކަށްވުން.

އެލަވަންސް:

  • ޓެސްޓްގައި ދުއްވާ ކޮންމެ ވެހިކަލަކަށް 20 ރ. (ވިހި ރުފިޔާ)

 

މަސައްކަތް ކުރަންޖެހޭ ގޮތާއި ގަޑި:

  • ދުއްވުމުގެ ޓެސްޓް އޮންނަ ވަގުތު ( ޓެސްޓް އޮންނަ ދުވަސްތަކާއި ގަޑިތައް ކައުންސިލް އިން ކަނޑަ އެޅުމަށްފަހު، އެގްޒަމިނަރަށް އަންގާނެއެވެ.)

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ލިބިފައިވާ ލައިސަންސްގެ ކޮޕީ
  • 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް
  • އައި.ޑީ.ކާރޑް ކޮޕީ
  • ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ތަޖްރިބާގެ ލިޔުން ( އަދާކުރި ވަޒީފާ ނުވަތަ ކުރި މަސައްކަތް، އުޅުނު ދާއިރާ )
  • ވަނަވަރު

 

އެގްޒެމިނަރ ކަނޑައެޅުމުގައި ބަލާނެ މިންގަނޑު:

  • ގިނަ ކެޓެގަރީތައް ދުއްވުމުގެ ލައިސަންސް ލިބިފައިވުން.
  • ޢާއްމުގޮތެއްގައި  ރަށުގައި ހުންނަ ފަރާތަކަށްވުން.
  • މިކަމުގެ ތަޖްރިބާ ލިބިފައިވުން.

 

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.

01 ނޮވެންބަރު 2018