ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301/301/2018/54
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2018
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 14 ނޮވެންބަރު 2018 11:00
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަނގޮޅިތީމު މޫސާދީ ރުއްގަނޑު ކުއްޔަށް ދޫކުރަން ބޭނުންވެއްޖެ

އިޢުލާން

 

އަނގޮޅިތީމު މޫސާދީ ރުއްގަނޑު ކުއްޔަށް ދޫކުރަން ބޭނުންވެއްޖެ

 

ރ.އަނގޮޅިތީމު " މޫސާދީ ރުއްގަނޑު" ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ. މި ރުއްގަނޑު ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ މި ކަމަށް އެދި އަގު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. މި ރުއްގަނޑާއި ބެހޭގޮތުން މަޢްލޫމާތު ސާފު ކުރުމަށް ބޭނުންވާ ބޭފުޅުން މި އިޢްލާންގައިވާ އަގު ހުށަހަޅާ މުއްދަތު ކަމަށް ބަޔާންވެފައިވާ ގަޑީގެ ކުރިން ރަސްމީ ދުވަސްތަކުގައި މި އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރުމަށްފަހު ތިރީގައިވާ ތާރީޚްގައި އެވާ ގަޑިއަށް މި އިދާރާއަށް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަގު ހުށަހަޅުއްވަން ވަޑައިގަންނަވާ ބޭފުޅުން އައިޑީކާޑު ގެންނަންވާނެއެވެ. އަގު ހުށަހަޅާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ބޭފުޅާގެ ނަމާއި އަގު ހުށަހަޅާ ރުއްގަނޑުގެ ނަން އޮންނަން ވާނެއެވެ. އަދި އަގު ހުށަހަޅާ ލިޔުމާއެކު އައިޑީކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ ބަދަލުގައި ފޮނުވާ ފަރާތުގެ ސިޓީއެއް ގެންނަން ވާނެއެވެ.

ހުށަހަޅަން ޖެހޭ ތާރީޚް / ގަޑި

ނަން

އައިޓަމް#

14 ނޮވެމްބަރ 2018 / 11:00

މޫސާދީ ރުއްގަނޑު

1

01 ނޮވެންބަރު 2018