ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 12/2018/(IUL)P2C |
|
ތާރީޚް: 31 އޮކްޓޫބަރ 2018 |
||
މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ |
ރޭންކް: GS 3 |
|
ބޭނުންވާ އަދަދު: 01 |
ކްލެސިފިކޭޝަން: އޮފިސަރ ގރ 1 |
|
މަސައްކަތް ކުރަންޖެހޭ ތަން: ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓު |
ސެކްޝަން: - |
|
މުސާރައާއި އިނާޔަތްތައް: |
- އަސާސީ މުސާރަ: -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) - ސާރވިސް އެލަވަންސް: -/1500 (ފަނަރަސަތޭކަ ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %25 - މީގެއިތުރުން، އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ
|
|
އަސާސީ ޝަރުތު: |
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށް ދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްހެއް ލިބެމުން ދިޔުމާއެކު، ޖީ.އެސް 02 ރޭންކުގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ކޯޓަށް ވަންނަ ހުރިހާ ލިޔުމެއް އެންޓްރީކުރުމާއި ކޯޓަށް އަންނަ ސިޓީ/މެސެޖުތަކަށް ޖަވާބުތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން - ކޯޓަށް ލިބޭ ފައިސާ ބަލައިގަނެ، ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ފައިސާ ޙަވާލުކުރުމާއި، ފައިސާ އާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން. - ބޭންކަށް ފޮނުވަންޖެހޭ ފައިސާ ބޭންކަށް ޤަވާޢިދުން ޑިޕޮޒިޓްކުރުމާއި އެކަމާއިގުޅޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ބެލެހެއްޓުން. - ބަޖެޓް ފައިސާ އާއިބެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި ރެކޯޑް ބެލެހެއްޓުމާއި، ފޮނުވަންޖެހޭ ރިޕޯޓްތައް ވެރިކަންކުރާ ރަށުމެޖިސްޓްރޭޓު ކޯޓަށް ފޮނުވުން. - ކޯޓުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސްތައް ދިނުމާއި ބެހޭ އެންމެހާ މަސައްކަތްކުރުން. - ކޯޓުގެ ތަފާސްހިސާބު ރިޕޯޓު ތައްޔާރުކޮށް ވެރިކަންކުރާ ރަށުމެޖިސްޓްރޭޓު ކޯޓަށް ފޮނުވުން - ކޯޓަށް ބޭނުންވާ ތަކެތި ހޯދުމާއި، ކުރަންޖެހޭ މަރާމާތު މަސައްކަތް ކުރުވުމުގެ އެންމެހާ އިދާރީ މަސައްކަތްތައް ކުރުން. - ކޯޓްތަކުން އަންނަ ފައިސާ އާއި ބެހޭ ސިޓީ/މެސެޖުފަދަ ތަކެއްޗާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން. - ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކުރަންޖެހޭ ޝަރުޢީ/އިދާރީ މަސައްކަތްތައް ކުރުން. - މިނޫނަސް ކޯޓުގެ ވެރިއަކު އަންގާ ރަސްމީ އެންމެހާ މަސައްކަތް ކުރުމާއި ކޯޓުން ޒިންމާކުރެވޭ މަސައްކަތްތަކާއި ގުޅޭ އެންމެހާ ލިޔެކިޔުންތައް ކޯޓުގައި ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ފުރިހަމަކޮށް ބެލެހެއްޓުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
|
ސުންގަޑި: |
13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން ގއ.ކަނޑުހުޅުދޫ މެޖިސްޓްރޭޓު ކޯޓަށް ހުށަހެޅުއްވުން އެދެމެވެ. |
|
އިތުރު މަޢުލޫމާތު |
- މަޢުލޫމާތު ސާފްކުރުމަށް ގުޅޭނެ ނަންބަރަކީ 6820056 - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. - ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއު ކުރެވޭނެއެވެ. އަދި ވަޒީފާއަށް ބޭނުންވާ ހުނަރަށް މީހާ ޤާބިލުވެފައިވާ މިންވަރު ބެލުމަށް ޢަމަލީ އިމްތިހާނެއްވެސް ދެވޭނެއެވެ. - އިންޓަވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް: |
- ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭނެފަދަ ފަރާތަކަށްވުން. - ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިވެފައިވާ ފަރާތަކަށްވުން. - ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތެއްކަމުގައިވުން. - އިގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރަން އެނގޭ ފަރާތަކަށްވުން. - ދިވެހިބަހުގެ ހަމަތަކާއި، އުޞޫލުތަކާ އެއްގޮތަށް ލިޔުންތައް ޑްރާފްޓްކުރުމުގެ ޤާބިލުކަންހުރުން. - މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ފެކޭޖް ފަރިތަކަމާއެކު އެޑްވާސް ފެންވަރެއްގައި ބޭނުންކުރަން އެނގޭ ފަރާތެއް ކަމުގައިވުން. - ޙިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވުން. - ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
|