ވަޒީފާގެ ފުރުޞަތު
ނަންބަރު: 6540027
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 13 ނޮވެންބަރު 2018 02:00
މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤްރުއާން ޓީޗަރަކު ހޯދުމާއި ގުޅޭ

                                              ނަންބަރު:(IUL)281-CA/281/2018/26

                                 އިޢުލާން

ޤުރުއާން ކުލާހުގައި މަސައްކަތްކުރާނެ ޤުރުއާން މުދައްރިސަކު ހޯދުން.

 

  • މަޤާމް:                                  ޓީޗަރ (ޤުރުއާން)
  • ބޭނުންވާ ޢަދަދު:                          01 ( އެކެއް(
  • މަޤާމް އޮތް އިދާރާ:                        މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ
  • ވަޒީފާ އަދާކުރަންޖެހޭ ތަން:                މިލަދުންމަޑުލުއުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ/ ޤުރުއާން ކުލާސް
  • މުސާރަ:                          -/4650 ރ 
  •  ސާރވިސް އެލަވަންސް:                -/3000 ރ                                        
  • ފެމެލީ އެލަވަންސް:                  -/2000 ރ
  • ތައުލީމީ އެލަވަންސް:                 -/2000 ރ
  • އެހެން ވަޒީފާ އަދާނުކުރާތީ ދެ އެލަވަންސް:   -/ 2500 ރ 
  • ފުޑް އެލަވަންސް:                   -/2500 ރ
  • ލެވެލް ކޯސްތަކުން ކޮންމެ ދަރިވަރެއްގެ އަތުން ނެގޭ ފީން  -/120ރ                        

 

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ހަވާލުކުރެވޭ ކުލާސްތަކުގައި ކިޔަވައިދިނުމަށްޓަކައި މުޤައްރަރުގައިވާ ބައިތަކަށް ބަލައިގެން ސްކީމް އޮފް ވޯކް އެކުލަވާލުން.

2-     ކިޔަވައިދޭން ހަވާލުކުރާ ކްލާސްތަކުގައި ކިޔަވައިދިނުމަށްޓަކައި ލެސަން ޕްލޭން ހައްދަވާ ކުލާސްތަކަށް ގަޑި ނަންގަވައިދިނުން.

3-     ދަރިވަރުން ހާޞިލްކުރާ މިންވަރު ދެނެގަތުމަށްޓަކައި އެސެސްމެންޓްތައް ދިނުމާއި އެސެސްމެންޓްތަކުގެ ރެކޯޑް ބެލެހެއްޓުން.

4-     ކުލާހާއި ކުލާހުން ބޭރުގައި ދަރިވަރުންގެ ނަމޫނާއަކަށް ވުން.

 

 މަޤާމުގެ ޝަރުޠުތައް:

  • ޤުރުއާން މުދައްރިސް ކަމުގެ ލެވެލް 04 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް އޮތުން. ނުވަތަ
  • ގުޅުން ހުރި ދާއިރާއަކުން (ޤިރާއަތު ސެޓްފިކެޓް ނުވަތަ ޤާރީކޯސް) ލެވެލް 04 ނުވަތަ އެއްވުރެ މަތީ ސަނަދެއް އޮތުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1.      ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  2. 2.      ވަޒީފާއަށްއެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. 3.      ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. 4.      ސިވިލް ސަރވިސްއަށް/ ސަރުކާރުގެ ޙިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުގެ ލިޔުން.
  5. 5.      ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  •  ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 18 ނޮވެމްބަރ 2018 އާއި 22 ނޮވެމްބަރ 2018 އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ ނުވަތަ އިދާރާ ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާ ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ހާޟިރުވެވެން ނެތް ފަރާތްތަކުގެ އިންޓަރވިއު ވީޑިއޯ ކޯލްގެ ޒަރިއާއިން އިންޓަރވިއު ކުރެވޭނެއެވެ.

ސުންގަޑި؛

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން 13 ނޮވެމްބަރ 2018 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށައަޅާ ފޯމާއިއެކު ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައި ނުވާނަމަ އެފޯމް ބާތިލްކުރެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

      ޢިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6540027 މިނަންބަރ ފޯނާއެވެ.

 

             މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

                     22 ޞަފަރު  1440

                     31 އޮކްޓޯބަރ 2018

                                                     

 

31 އޮކްޓޫބަރު 2018