ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2018/36
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:32
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުމަތީ ތަކެތި ބެހެއްޓުމާއި ގުޅޭ

އިޢުލާން

ބަނދަރުމަތީ ތަކެތި ބެހެއްޓުމާއި ގުޅޭ

މިރަށުގެ ބަނދަރަކީ ކާރުބާރު ބޮޑު ގިނަ އަދަދެއްގެ އޮޑިދޯނިފަހަރާއި ލާންޗްފަހަރު ލަފާފުރުމަށް އަބަދުވެސް ބޭނުންކުރަމުންދާ ބިޒީ ބަނދަރެކެވެ. އެހެންކަމުން ބަނދަރުގެ ސާފުތާހިރުކަމާއި ލަފާފުރުމާއި އޮޑިދޯނިފަހަރަށް އަރާފޭބުމާއި ތަކެތި އަރުވާ ބޭލުމުގައި އެންމެނަށް ފަސޭޙަ ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ މިކައުންސިލުން އިސްކަންދޭ ކަމެކެވެ. ނަމަވެސް މިހާރަކަށް އައިސް ބަނދަރުގެ އެކި ސަރަޙައްދުތަކަށް ބާލާފައިވާ ލަކުޑިއާއި އަދި ރަށުން ބޭރު ކުރުމަށް ބަނދަރަށް ޖަމާކުރާ ތަފާތު ސާމާނުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތައްދަނީ ކުރިމަތިވަމުންނެވެ. އަދި ބަނދަރުމަގުން ދުއްވާ އެއްގަމު އުޅަނދުފަހަރަށާއި ހިނގާބިނގާވާ މީހުންނަށްވެސް މިކަމުގެ އުނދަގޫވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ވީމާ، ބަނދަރަށް ބާލާ ތަކެއްޗާއި ރަށުން ބޭރު ކުރުމަށް ބަނދަރަށް ޖަމާކުރާ ތަކެތި ބަނދަރުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ކަމުގައި ކަނޑައަޅައިފީމެވެ. ބަނދަރުގައި ބަހައްޓާ އެއްވެސް އެއްޗެއް ހުންނަތާ 48 އަށްގަޑި އިރަށްވުރެ ގިނައިރުވާނަމަ އެތަކެތި ބަޙައްޓާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިދެންނެވި ވަގުތަށްވުރެ ގިނައިރު ބަހައްޓާ ތަކެތި މިކައުންސިލާއި މަޑުއްވަރީ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ނައްތާލުމުގެ މަސައްކަތްކުރާނެ ވާހަކަވެސް ދަންނަވަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

31 އޮކްޓޫބަރު 2018