ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)356-B/2018/43
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:34
ސުންގަޑި: 30 ނޮވެންބަރު 2018 14:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ބަނދަރުބޭނުން ކުރުން

އދ.މާމިގިލީ ބަނދަރަކީ ރަށުގެ ލޮބުވެތިރައްޔިތުންނާއި، ބަނދަރު ބޭނުންކުރާ އެންމެހައި ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ފަސޭހައިން ބޭނުންކުރެވޭނޭ ތަނަކަށް ހެދުމަށްޓަކައި ކައުންސިލުންވަނީ ބަނދަރުބޭނުންކުރުމާއިބެހޭ ޤަވާއިދެއް އެކުލަވާލައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފަ އެވެ. އަދި ބަނދަރުގެ ބޭނުންހިފާ އެންމެހައި ފަރާތްތަކުގެ ފަސޭހައަކަށް ބަނދަރުބޭނުންކުރާނޭ ގޮތުގެ ޕްލޭނެއް ތައްޔާރުކުރެވި އެކިއެކި ކަންކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުތައް އަންގައިދިނުމަށް ބަނދަރުގެ ތޮށިގަނޑުކައިރީގައި ބޯޑުތަކެއްޖަހާފައި މިހާރު ހުންނާނެއެވެ.                                                             ވީމާ ، ބަނދަރު ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުން ތިރީގައިދަންނަވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގައި އިޢުލާން ކުރީމެވެ.

  • އުޅަނދުފަހަރު ބަނދަރުގެ ތޮށިގަނޑާ ކައިރިކުރުމާއި ތޮށިގަނޑުގައި ވައުއައްސާފައި ބާއްވަންވާނީ ބަނދަރުގައި ޖަހާފައިވާ ބޯޑުތަކާއި އެއްގޮތްވާގޮތުގެ މަތީންނެވެ.
  • މުދައު ބާލަންވާނީ އެކަމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށެވެ. އެގޮތުން މުދައު ބޭލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް ބާލާ އެންމެހައި މުދައު 48 ގަޑިއިރުގެ ތެރޭގައި ގެންގޮސް ނިންމަންވާނެ އެވެ.
  • މާލެދަތުރުކުރާ ފެރީތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށް ފޮށިތަންމައްޗާއި، ކަރުދާސްފޮށީގައި ބަންދުކޮށްފައިހުންނަ ތަކެތީގެ އިތުރުން ރަބަރުކޮތަޅުގައި ބަންދުކޮށްފައިހުންނަ ތަކެތި ބޭލިދާނެ އެވެ. މިގޮތަށް ބާލާ އެންމެހައި ތަކެތި 12 ގަޑިއިރުގެ ތެރޭގައި ގެންގޮސްނިންމަންވާނެ އެވެ. ގެދޮރު ޢިމާރާތްކުރުމަށް ބޭނުންކުރާ އާލާތް ތަކާއި ، ގެރިގުއި އަދި ކާޑުގެބާވަތްތަކުގެ އިތުރުން މަސައްކަތް ކުރުމަށް ބޭނުންކުރާ މެޝިނަރީއާއި ، އެއްގަމާއި ކަނޑުގައި ދުއްވާ ވެހިކަލްތައް މިސަރަޙައްދަށް ބޭލުމަކީ މަނާކަމެކެވެ. މިދެންނެވި ތަކެތި މާލެދަތުރުކުރާ ފެރީތަކުންވެސް ބާލަންވާނީ މުދައު ބޭލުމަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދަށެވެ.
  • ދަނޑުގޮވާންކޮށްގެން ގެންދާތަކެތި  މާލެދަތުރުކުރާ ފެރީތަކަށް ޚާއްޞަކުރެވިފައިވާ ސަރަޙައްދުން އަރުވައި ބޭލުމަކީ ހުއްދަކަމެކެވެ.
  • ބަނދަރުގައި ފައްތިޔާ އަޅަންވާނީ މި އިޢުލާނާއެކުގައިވާ ކުރެހުމުގައި އޮރެންޖުކުލައިން ފާހަގަކުރެވިފައިވާ ސަރަޙައްދުގައި އެކަންޏެވެ. މިދެންނެވި ސަރަޙައްދު ފިޔަވައި އެހެން ހުރިހައި ސަރަޙައްދުގައި ހުރި ފައްތިޔާތަށް 2018 ނޮވެމްބަރ މަހުގެ ނިޔަލަށް ނަގައި ނިންމަންވާނެ އެވެ.   

މަތީގައި ދެންނެވިފައިވާ އުސޫލު ތަކާއިޚިލާފުވާ ފަރާތްތަކާޢިމެދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ ޤަވައިދާ އެއްގޮތަށް ފިޔަވަޅުއަޅައި ޖޫރިމަނާކުރެވޭނެ އެވެ.                                                                                              މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                                             20 ޞަފަރު 1440                                                                                    29 އޮކްޓޯބަރ 2018

29 އޮކްޓޫބަރު 2018