ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-CA-EX-2018-10
ޕަބްލިޝްކުރި ތާރީޚް: 31 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:25
ސުންގަޑި: 05 ނޮވެންބަރު 2018 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ

މަޤާމް :އެގްޒާމް އިންވިޖިލޭޓަރ
ބޭނުންވާ އަދަދު :36

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ޓަރމްގެ ފައިނަލް އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށް އިންވިޖިލޭޓަރުން ހޯދުމަށް ކުރި އިއުލާނަށް ( MNU-CA-EX-2018-9 ) އެކަށީގެންވާ ވަރަށް ބައެއް އައުޓްރީޗް ސެންޓަރުތަކަށް އިންވިޖިލޭޓަރުން ނުލިބުމާއި ގުޅިގެން އަލުން އިންވިޖިލޭޓް ކުރުމަށްއެދި ފޯމު ހުށައެޅުމުގެ ސުންގަޑި 5 ނޮވެންބަރ 2018 ގެ 12:00 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ. އަދި ކުރިން ކޮށްފައިވާ އިއުލާނާއި ގުޅިގެން ފޯމުހުށައަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށައަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.

މި އިޢުލާނުގައި އިމްތިޙާނަށް އިންވިޖިލޭޓަރުން ބޭނުންވާ އަދަދު ކަމަށް ކަނޑައަޅާފައިވާ ޢަދަދަކީ މިހާތަނަށް އައުޓްރީޗް ސެންޓަރުތަކުގައި ބާއްވާ ޔުނިވަރސިޓީގެ 2 ވަނަ ޓަރމްގެ އިމްތިހާނުތަކުގައި ބައިވެރިވާނެކަމަށް ލަފާކުރެވޭ ދަރިވަރުންނާއި އެ ދަރިވަރުންނަށް ބޭނުންވާނެ އިމްތިހާނު ހޯލުތަކަށް ރިޢާޔަތްކޮށްގެން ކަނޑައަޅާފައިވާ ޢަދަދެކެވެ. ކިޔަވައިދިނުމުގެ އެކި މަރުހަލާތަކުގެ ތެރެއިން އިމްތިހާނު ޙައްޤުވާ ދަރިވަރުންގެ ޢަދަދަށް ބަދަލުތަކެއް އަތުވެއްޖެނަމަ، މިހާރު އިންވިޖިލޭޓަރުން ބޭނުންވާ ކަމަށް ކަނޑައަޅާފައިވާ ޢަދަދަށް ބަދަލު އަތުވެދާނެއެވެ.

 

މަޤާމު:

އެގްޒާމް އިންވިޖިލޭޓަރ

ބޭނުންވާ އަދަދު:

36

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތިރީގައިވާ މަރުކަޒުތަކަށް:

1- ޅ. ނައިފަރު އައުޓްރީޗް ސެންޓަރު

2- ފ. ނިލަންދޫ އައުޓްރީޗް ސެންޓަރު

3- ރ. ދުވާފަރު އައުޓްރީޗް ސެންޓަރު

4- ރ. އުނގޫފާރު އައުޓްރީޗް ސެންޓަރު

5- ހއ. ހޯރަފުށި އައުޓްރީޗް ސެންޓަރު

6- ޏ. ފުވައްމުލައް އައުޓްރީޗް ސެންޓަރު

7- ބ. އޭދަފުށި އައުޓްރީޗް ސެންޓަރު

8- ނ. ކެނދިކުޅުދޫ އައުޓްރީޗް ސެންޓަރު

9- ހއ. ދިއްދޫ އައުޓްރީޗް ސެންޓަރު

10- ދ. ކުޑަހުވަދޫ އައުޓްރީޗް ސެންޓަރު

އުޖޫރަ ދެވޭނެގޮތް:

މަސައްކަތްކުރާ ކޮންމެ ސެޝަނަކަށް: -/300 ރުފިޔާ (ތިންސަތޭކަ ރުފިޔާ )

މަޤާމުގެ ޝަރުތު:

 

  • ދިވެހި ރައްޔިތަކަށްވުން.
  • ޢުމުރުން 18 އަހަރު ފުރިފައިވުން.
  • އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތު އެނގިފައިވުން.
  • އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން.
  • އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ/ފިރިމީހާ، ދަރިއެއް، އެއްބަނޑު/އެއްބަފާ މީހެއް، ބަލަދުވެރިއެއް ނުވަތަ ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް ކަމުގައި ނުވުން.

މަތީގައިވާ ޝަރުތުތަކުގެ އިތުރުން، އިންވިޖިލޭޓަރުން ހޮވުމުގައި ބަލާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި މަސައްކަތަށް ވަގުތު ދެވޭނެ މިންވަރާއި، އިމްތިޙާނު އިންވިޖިލޭޓް ކުރުމުގައި ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ އެންމެ މަތީ ތަޢުލީމީ ސަނަދު ހިމެނެއެވެ.

މަސައްކަތް ކުރަންޖެހޭ ގަޑިތައް:

އިމްތިޙާނު އައުޓްރީޗް ސެންޓަރުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ 8 ނޮވެންބަރ 2018 އިން 24 ނޮވެންބަރ 2018 އާ ދެމެދުގެ ދުވަސްތަކުގައި، އެކި ސެޝަންތަކަށް ބަހާލައިގެން، ހެނދުނާއި، މެންދުރުފަހާއި، ރޭގަނޑެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

އިމްތިޙާނު އޮންނަ ގަޑިތަކުގައި، އިންވިޖިލޭޓަރެއްގެ ހައިޘިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި، އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، މިޔުނިވަރސިޓީއިން އަންގާގޮތެއްގެ މަތިން ކުރުން.

އެޕްލިކޭޝަންގެ ސުންގަޑި:

  • މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅާނީ 5 ނޮވެންބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށެވެ. މިފޯމް ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައިވާ ލިންކް އިން ލިބެންހުންނާނެއެވެ.

http://mnu.edu.mv/wp-content/uploads/2016/10/Job-Application-Form-2018-Term-2.pdf

ނުވަތަ

  • ތިރީގައިވާ ލިންކުން އެޕްލިކޭޝަން އޮންލައިންކޮށް ހުށަހެޅޭނެއެވެ.

https://docs.google.com/forms/d/e/1FAIpQLSfqFMSKMA8AbSjz9z-r5An-6kteNNutEUqAN98ldWMrtWCGRg/viewform

ހުށަހަޅަންޖެހޭ ލިޔުންތައް:

އިންވިޖިލޭޓް ކުރުމަށް ހޮވޭ ފަރާތްތަށް، ތިރީގައިވާ ތަކެތި ހުށަހަޅަން ޖެހޭނެ ވާހަކަ ދަންނަވަމެވެ.

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345162 އަށެވެ.

 

31 އޮކްޓޫބަރު 2018