ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-ESM/309/2018/48
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 13:27
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީ ޒޯން ލައިސަންސްގެ ޙިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ޙިދުމަތް ދިނުން

            މިއިދާރާއިން ދެމުންގެންދިޔަ ސީ ޒޯން ލައިސަންސްގެ ޙިދުމަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން ޙިދުމަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެހެންކަމުން  ލައިސަންސު ހެއްދުމަށް ބޭނުންވާ ފަރާތްތަކުން އެއްގަމު ލައިސަންސަށް އެދޭ ފޯމް ފުރުއްވާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅާ ފޯމް މިއިދާރާއިން ލިބެންހުރި ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6580028 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

            މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

30 އޮކްޓޫބަރު 2018