ދިވެހިރާއްޖެ
ތުޅާދޫ ކައުންސިލުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކަށް ބޭނުންވާ ޕްލޭގްރައުންޑް އިކުއިޕްމަންޓްސް ހޯދައިދީ، އެތަކެތި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު 86/2018/321/321 (08 އޮގަސްޓް 2018) އިއުލާނަށް ހުށަހަޅާފައިވާ އެސްޓިމޭޓް އެކަށީގެންވާވަރަށްވުރެ ބޮޑުކަމަށް ފެންނާތީ، ހުށަހެޅި އެސްޓިމޭޓާއި، އިޢުލާނު ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ތަކެތި:
- 01 ޕްލޭސެޓް 35 ފޫޓަށްވުރެ ކުޑަނޫން "ގެ" ( 08 ދިމާލުން ކުދިންނަށް އަރާ ފެބޭގޮތަށްހުރި) (Jungle Gym)
- 03 ސްޕްރިންގ ރައިޑަރ(95cmx24cmx85cm)
- 01 ސީސޯ (150cm x 60cm x 70cm)
- 01 ބާސްކެޓް ޕޮޓް (80cm x 70 cm)
- 01 ސްޓޭންޑް ބޭންކް (175cm x 145cm x 58 cm)
ޕޮއިންޓް ދެވޭނެ އުޞޫލު
މާރކްސް ދެވޭ ކްރައިޓީރިއާ |
މާރކްސް ދެވޭ ގޮތް |
ތަފްޟީލް |
ފޯމިއުލާ |
އަގު |
80% |
- މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑައަގަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުޑަ އަގަކަށެވެ. |
(Benchmark price/submitted price) x Allocated Percentage |
މުއްދަތު |
10% |
- މާރކސް ދެވޭނީ މިކައުންސިލްގެ ބިޑް އިވެލްއޭޝަން ކޮމިޓީން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރުމުއްދަތަކީ ބެންޗް މާރކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާ އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާރކސް ލިބޭނީ އެންމެ ކުރު މުއްދަތެއްގައި ތަކެތި ފޯރުކޮށްދޭ ފަރާތަކަށެވެ. |
(Submitted Duration/Bench mark duration) x Allocated Percentage |
ތަޖްރިބާ |
10% |
- މާރކްސް ދެވޭނީ އެސްޓިމޭޓް ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ތަޖްރިބާގެ (އެފަދަ މަސައްކަތް ކޮށްފައިވާކަން ސާބިތުކޮށްދެވޭ ހެކިތަކާއެކު) ލިޔުންތައް ހުށަހެޅުން، އެންމެ ގިނަ މަސައްކަތްކޮށްފައިވާ ފަރާތަކީ އެންމެ ގިނަ މާރކްސް ލިބޭފަރާތްތަކުގައި ބަލައިގެންނެވެ. |
(Experience marks /Bench mark experience marks) x Allocated Percentage |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 ނޮވެމްބަރ 07 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ށް ތުޅާދޫ ކައުންސިލްއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުށްފަހު، 2018 ނޮވެމްބަރ 14 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ށް މިއިދާރާއަށް ދުރުވެ އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހެޅޭ އެސްޓިމޭޓް ތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަކަށް މަޢުލޫމާތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ ނަންބަރު 6600006 ފޯނާ ގުޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވަނީ އަމިއްލަފަރާތެއްނަމަ، ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މަޢުލޫމާތު ސާފު ކުރުމާއި އެސްޓިމޭޓް ބަލައިގަތުން އޮންނާނީ މި އިދާރާގެ މީޓިން ރޫމްގައެވެ.