ދިވެހިރާއްޖެ
`
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
އުނގޫފާރު ، ދިވެހިރާއްޖެ
ނަމްބަރ:IUL)303-AS/303/2018/49)
އިޢުލާން
ކައުންސިލްގެ ފަރާތުން އިމާމް / މުދިމުން ތަމްރީން ކުރުމާއި ގުޅޭ
އުނގޫފާރުގައި އިމާމް / މުދިމުން ތަމްރީނުކުރުމަށްޓަކައި އުނގޫފާރުގައި ހިންގާ ކޯސްތަކުގައި (އިމާމް / މުދިމުން ތަމްރީންކުރާ ކޯސްތަކުގައި) ބައިވެރިވާ ކުދިންގެ ތެރެއިން 05 ކުއްޖެއްގެ ކޯސްފީގެ %50 ކައުންސިލުން ދައްކާ ދިނުމަށް ކައުންސިލްގެ 57 ވަނަ ބައްދަލުވުމުގެ ނަމްބަރ CN-303/2018/794 (04 އޮކްޓޯބަރ) ނިންމުމުން ނިންމުމާއި ގުޅިގެން އުނގޫފާރުގައި ހިންގާ އެފަދަ ކޯސްތަކުގައި ބައިވެރިވާ ފަރާތްތަކަށް %50 ޚަރަދުގައި ކިޔެވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިފުރުޞަތުގައި 05 ކުދިންނަށްވުރެ އިތުރަށް އިމާމް / މުދިމުން ތަމްރީންކުރާ ކޯހަށް ކުރިމަތިލައިފިނަމަ، ކައުންސިލުންދޭ ޓެސްޓުން އެންމެ ރަގަޅު މާރކްސް ހޯދާ 5 ކުދިންނަށް ފުރުޞަތު ދިނުމަށް ކައުންސިލުންވަނީނިންމާފައެވެ.
ވީމާ، މިކަމަށް އެދޭފަރާތްތަކުން 12 ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ 12:00 ގެކުރިން ކޯހަށް ހޮވުނުކަން އެނގޭނެ ރަސްމީ ލިޔުންތަކާއިއެކު ސިޓީ މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
21 ޞަފަރު 1440
30 އޮކްޓޯބަރ 2018