މަސައްކަތް
ނަންބަރު: (IUL)438-PRCU/1/2018/48
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 16:17
ސުންގަޑި: 06 ނޮވެންބަރު 2018 10:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މާލެ ފެހި ކުރުމަށް ބޭނުންވާ ގަސް ގަނެދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މާލެ ފެހި ކުރުމަށް ބޭނުންވާ ގަސް ގަނެދޭނެ ފަރާތެއް ހޯދުމަށް

މާލެ ފެހި ކުރުމަށް ބޭނުންވާ ގަސް ގަނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)438-ENV/438/2018/284) އިއުލާނަށް ޝަރުތު ހަމަވާ ބީލަން ލިބިފައިނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތަކާއި، ގަސްތަކުގައި ހުންނަންޖެހޭނެ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓީ.އޯ.އަރ. ގައި ވާނެއެވެ. ޓީ.އޯ.އަރ ގައި ބޭނުންވާ ގަސްތަކުގެ ލިސްޓެއްވެސް ހިމެނިފައިވާނެއެވެ.

މި މިސައްކަތުގެ "ޓީ.އޯ.އަރ" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑް ސެކިއުރިޓީ، ޕާފޯމަންސް ސެކިއުރިޓީ އަދި އެޑްވާންސް ޕޭމަންޓް

މަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 2,000 (ދެ ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ 118 ދުވަހެވެ. މި މަޝްރޫޢުގެ ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ، އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

ބީލަން ހުޅުވުން

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 06 ނޮވެންބަރު 2018 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވާނީ 06 ނޮވެންބަރު  2018 ވާ އަންގާރަ ދުވަހުގެ  10:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

 

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

މާލެ ފެހި ކުރުމަށް ބޭނުންވާ ގަސް ގަނެދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނު ނަންބަރު:(IUL)438-PRCU/1/2018/48)

 

ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވެއެވެ.

29 އޮކްޓޫބަރު 2018