ދިވެހިރާއްޖެ
`
އިނގުރައިދޫ ސްކޫލް Inguraidhoo School
ރ. އިނގުރައިދޫ، ދިވެހިރާއްޖެ R.Inguraidhoo / Republic of Maldives
ނަންބަރު:GS124/IUL/2018/22
އިޢުލާނު
މަޤާމް: ޓީޗަރ ( ސެން )
މަޤާމުގެ ނަންބަރު: | J-277332 |
|
ބޭނުންވާ އަދަދު: |
01 |
|
މަޤާމުގެ ގިންތި: |
ދާއިމީJ-277332 |
|
މަޤާމުގެ ރޭންކް: |
ސީއެސް 2-11 އިން 5-15 އާދެމެދު |
|
މަޤާމުގެ ކްލެސިފިކޭޝަން: |
ސްކޫލްޓީޗަރ |
|
ސެކްޝަން: |
އެކަޑަމިކް ސެކްޝަން |
|
މަޤާމް އޮތް އޮފީސް: |
އިނގުރައިދޫ ސްކޫލް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އިނގުރައިދޫ ސްކޫލް / ރ.އިނގުރައިދޫ |
|
މުސާރަ: |
7070.00 ރުފިޔާ އާއި 10640.00 ރުފިޔާ އާއި ދެމެދު |
|
ސަރވިސް އެލެވަންސް: |
2500.00 ރުފިޔާ
|
|
އިތުރު ޢިނާޔަތްތައް:
|
|
||||||||||
|
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ސްކޫލުގައި ތިބި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމާއި، ކިޔަވައިދިނުމާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 2. ހަވާލުކުރެވިފައިވާ ޓައިމްޓޭބަލާ އެއްގޮތަށް ފަރުވާތެރިކަމާއެކު ކިޔަވައިދިނުން. 3. ކިޔަވައިދޭން ކުދިންނަށް ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް، ކުދިންނަށް އެތަކެތި އުނގަންނައިދީ، އެކުދިންނަށް ހާސިލުވާންޖެހޭ މިންވަރު އެންމެ ފުންމިނުގައި ހާސިލުކޮށްދިނުމަށް މަސައްކަތްކުރުން. 4. ލެސަންޕްލޭން ތައްޔާރުކޮށް ސުޕަވައިޒަރުންނާއި އެޗް.އޯ.ޑީން އަންގަވާ ޤަވާޢިދެއްގެ މަތީން އެ ބެފުޅުން ލައްވައި ޗެކް ކުރުން. 5. މުޅި އަހަރުގެ މުޤައްރަރު 2 ޓާރމަށް ބަހައި ސްކީމް ތައްޔާރު ކުރުން. 6. ވަކިވަކި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބަލައި ކިޔަވައިދިނުން އެއާއި އެއްގޮތަށް ބައްޓަންކޮށް މުޤައްރަރު ގައިވާ ބައިތައް ޙާޞިލްކުރުން. 7. ކުލާހަށް ދިއުމުގެ ކުރިން ކޮންމެ ދުވަހެއްގެ ލެސަނަށް ފުރިހަމައަށް ތައްޔާރުވެގެން ކުލާހަށް ދިއުމާއި ދަރިވަރުންނަށް އެކަށީގެންވާފަދަ ކިޔެވުމުގެ މާހައުލެއް ޤާއިމް ކުރުމާއި އަދި ކިޔަވައި ދެއްވާގަޑިތަކަކީ ފޮތްމާކު ކުރާ ގަޑިތަކަކަށް ނުހެދުން. 8. ކިޔަވައި ދެއްވާއިރު ހުރިހާ ކުދިންވެސް ސަމާލުކަމަށް ގެނައުން. 9. ކިޔަވައި ދެއްވާ ފިލާވަޅާއި ގުޅޭ ކިޔަވައި ދިނުމުގެ އެހީ ތައްޔާރު ކުރުމާއި ބޭނުން ކުރުން. 10. ވީހާވެސް ބޮޑަށް ކުދިން އުނގަންނައިދޭ ޙަރަކާތް ބައިވެރި ކުރުވައިގެން އުނގަންނައި ދިނުން. 11. ދަރިވަރުންނަށް އެދަރިވަރުންގެ ލަނޑުދަނޑި ޙާޞިލް ކުރުމަށްޓަކައި ހިތްވަރު ދިނުން. 12. ކިޔަވައި ދެއްވާ މާއްދާތަކަށް ދަށް ކުދިން ފާހަގަކުރައްވައި ރިމީޑިއަލް ނެންގެވުން. 13. ކުދިންގެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކިޔެވުމަށް ހުރަސް އަޅާފަދަ ކަމެއް ވޭތޯ ބައްލަވައި ސުޕަވައިޒަރުންނަށް އެކަން އެންގެވުން. 14. މުދައްރިސުން އެމުދައްރިސުން ސެޝަނުގައި ލިބޭ ހުސްވަގުތުތައް ހޭދަކުރަންވާނީ ދަރިވަރުންނަށާއި ސްކޫލަށް ފައިދާހުރި ކަންކަމުގައެވެ. 15. ސެޝަނުގެ ފުރަތަމަ ބެލް ޖެހުމާއިއެކު ކްލާސް ޓީޗަރުން ކްލާސްތަކަށް ދުރުވަން ވާނެއެވެ. 16. ކްލާސް ޓީޗަރުން ޙާޟިރީ މާކްކޮށް ޙާޟިރީގައި ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރަން ވާނެއެވެ. 17. ހަވާލުކުރެވިފައިވާ ކުލާސްރެކޯރޑްގައިވާ ބައިތައް ގަޑިންގަޑިއަށް ފުރިހަމަކުރުން. 18 . ކްލާހަށް ކުދިން ވަނުމާއި ނުކުތުން ބަލަހައްޓަންވާނީ އެވަގުތަކު އެކްލާހެއްގައި ހުންނަވާ މުދައްރިސެކެވެ. 19. ކްލާސްތެރެ ސާފު ތާހިރުކޮށް ބޭއްވުމަށް އަބަދުވެސް ދަރިވަރުންނަށް ބާރުއަޅަން ވާނެއެވެ. އަދި ސެސަންނިމިގެން ދަރިވަރުން ކުލާހުން ނެރުމުގެ ކުރިން އެގަޑިއެއްގައި ކުލާހުގައި ހުރިޓީޗަރު ދަރިވަރުންގެ ޑެސްކާއި ތަޅުންމަތީގައިވާ ކުނިބުނި ދަރިވަރުންލައްވާނަގައި ޑަސްބިނަށް އަޅަން ޚާއްޞަ ސަމާލުކަމެއް ދިނުން.. 20. ވީހާވެސް ބޮޑަށް ކުދިންގެ ކިބައިގައި އިސްނެގުމުގެ ހުނަރު އަށަގެންނެވޭތޯ ބައްލަވަން ވާނެއެވެ. 21. ކްލާސް ޓީޗަރުން ކްލާހަށް ޙާޟިރުނުވާ ދަރިވަރުންނާއިބެހޭ މަޢުލޫމާތު ދުވަހުން ދުވަހަށް ކުލާސް އިންޗާޖަށް އަންގަން ވާނެއެވެ. 22. ކުދިން ކްލާހުގައި ތިބޭއިރު އެކަށީގެންވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުންނޫނީ ކްލާސް ދޫކޮށް ލައްވާފައި ވަޑައި ނުގަންނަވާށެވެ. 23. ކްލާހަށް ވަޑައިގަންނަވާނީ ފިލާވަޅަށް ރަނގަޅަށް ތައްޔާރުވެ ލައްވައިގެން ބޭނުންވާ ހުރިހާ އެއްޗެއް ހިއްޕަވައިގެންނެވެ. 24. ދަރިވަރުންގެ ކުރިއެރުމަށް ހިންގޭ އިތުރު ޙަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެބޭފުޅަކާ ޙަވާލުވެފައިވާ ހަރަކާތެއް ސްކޫލްގެ އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެމަތިން ރާވައި ހިންގަންވާނެއެވެ. 25. ދަރިވަރުންގެ ކިބައިން ފެންނަ ނުރަނަގަޅު ކަންތައްތައް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމާއެކު ކަމާ ބެހޭ މަޢުލޫމާތު ގުޅުންހުރި ފަރާތްތަކަށް ދޭންވާނެއެވެ. 26. ސްކޫލް ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމުގައި ވީހާވެސް ބޮޑަށް މަސައްކަތް ކުރަން ވާނެއެވެ. 27. އެމުދައްރިސެއްގެ ކިޔަވައި ދިނުމުގެ ދާއިރާއިން ލިބެންހުރި އެންމެ ފަހުގެ މަޢުލޫމާތު ހޯއްދަވައި އަމިއްލަ މަޢުލޫމާތުގެ ޚަޒާނާ މުއްސަނދި ކުރަންވާނެއެވެ. 28. ކިޔަވައި ދެއްވާ ގަޑީގައި ބޭކާރު ގޮތުގައި ދަރިވަރުން ކްލާސް ތެރޭގައި އަޑުގަދަކޮށް، ހިނގައި ހެދިޔަ ދީގެން ނުވާނެއެވެ. 29. ހިންގަވާ ހުރިހާ ޙަރަކާތް ތަކެއްގެ ރެކޯޑް ބަލަހައްޓަވަން ވާނެއެވެ. 30. ކުލާސް ތެރޭގައި ހިނގާ ކޮންމެ ކަމެއްގެ ޒިންމާ އުފުލަން ޖެހޭނީ އެވަގުތަކު އެކްލާހުގައި ހުންނަވާ މުދައްރިސެކެވެ. 31. ދަރިވަރުންގެ ކިބައިގައި ސާފު ތާހިރުކަން އަށަގެންނެވުމަށް މަސައްކަތް ކުރައްވަން ވާނެއެވެ. 32. ކިޔަވައިދިނުމާއި ގުޅޭގޮތުން ހަވާކުރެވޭ މަސައްކަތް ކުރެއްވުމަށް ސަމާލުކަން ދެއްވަންވާނެއެވެ. 33. ސްކޫލްގެ އެއްވެސް އެއްޗެއް ސްކޫލަށް ފައިދާހުރި ގޮތުގައި ނޫނީ ބޭނުން ނުކުރައްވާށެވެ. ފަރުވާކުޑަ ކަމުން ސްކޫލްގެ އެއްވެސް އެއްޗަކަށް ގެއްލުމެއް ވެއްޖެނަމަ އޭގެ ޒިންމާ އެބޭފުޅަކު އުފުއްލަވަން ޖެހޭނެއެވެ. 34. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއި އެކު ބަރާބަރަށް ޢަމަލުކުރުން. 35. ޕްރޮފެޝަނަލް ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކުގައި ފުރިހަމަޔަށް ބައިވެރިވުން. |
|
މަޤާމުގެ ޝަރުޠުތައް: ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުން ގޮތުގައި ޓީޗަރަކު ހަމަޖައްސާނީ ތިރީގައިވާ ޝަރުޠުތައް ހަމަވާނަމައެވެ.
1 ސްޕެޝިއަލް އެޑިޔުކޭޝަން ނީޑްސް (ސެން) އަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުން. ނުވަތަ، (މިޝަރުތުން ހަމަޖެއްސޭނީ CS11 އަދި CS13 ގެ މަޤާމުތަކަށެވެ.)
2 ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ ޓީޗަރެއްގެ ޝަރުޠު ފުރިހަމަވުމާއެކު، ތިރީގައިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން
3 ސްޕެޝިއަލް އެޑިޔުކޭޝަންގެ ރޮނގުން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާސިލްކޮށްފައިވުން، ނުވަތަ
4 ސްޕެޝިއަލް އެޑިޔުކޭޝަންގެ ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަންގެ ރޮނގުން ކިޔަވައިދިނުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ރަޖިސްޓްރީކޮށްފައިވާ ސްކޫލެއްގައި، ސްޕެޝިއަލް އެޑިޔުކޭޝަން ނުވަތަ އިންކްލޫސިވް އެޑިޔުކޭޝަން ކުލާހެއްގައި 1 (އަހަރު) ނުވަތަ އެއަށްވުރެ ދިގު މުއްދަތެއްގައި ކިޔަވައިދީފައިވާކަމުގެ ލިޔުމާއި، އެމުއްދަތުގައި މަސައްކަތު ފެންވަރު ބެލުމުގެ ނިޒާމުން %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން.
މަގާމް ނަން |
ކްލެސިފިކޭޝަން |
ސިވިލްސަރވިސް ރޭންކް |
އަސާސީ ޝަރުތު |
އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
ސީނިއަރ ޓީޗަރ |
ސްކޫލް ޓީޗަރސް |
CS15-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-4 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,640.00 |
2,500.00 |
CS15-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,320.00 |
2,500.00 |
||
CS15-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS15-2 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
10,100.00 |
2,500.00 |
||
CS15-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައި އޮތުމާއިއެކު ތައުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ހާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން. ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން - ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. |
9,910.00 |
2,500.00 |
||
ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައި އޮތުމާއިއެކު ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްސަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުނ - ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. |
|||||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS13-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,850.00 |
2,500.00 |
CS13-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 3 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
9,360.00 |
2,500.00 |
||
CS13-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2 CS13-ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
8,890.00 |
2,500.00 |
||
CS13-2 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ކިޔަވައިދޭ މާއްދާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލުކޮށްފައިވުމާއިއެކު ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން، - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން - ޕްރީ ސްކޫލް ޓީޗަރުކަމަށް ހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން ނުވަތަ |
8,440.00 |
2,500.00 |
||
ޓީޗަރ |
ސްކޫލް ޓީޗަރސް |
CS11-5 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 4CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން އަދި ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން. |
8,250.00 |
2,500.00 |
CS11-4 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ CS11-3 ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
7,840.00 |
2,500.00 |
||
CS11-3 |
ޓީޗަރުންގެ ވަޒީފާގެ އޮނިގަނޑުގެ 2CS11- ރޭންކުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް، މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އަށް ވުރެ މަތިން މާކްސް ލިބިފައިވުން. |
7,450.00 |
2,500.00 |
||
CS11-2 |
ކިޔަވައިދިނުމުގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ސަނަދު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ވެލިޑޭޓްކޮށްފައިވުން - ސެން ޓީޗަރުކަމަށް ހަމަޖައްސާނަމަ ސެން ޓީޗަރުންގެ ޝަރުޠު ފުރިހަމަވުން - ޕްރީސްކޫލްޓީޗަރުކަމަށްހަމަޖައްސާނަމަ، ޕްރީ ސްކޫލް ޓީޗަރުންގެ ޝަރުތު ފުރިހަމަވުން. |
7,070.00 |
2,500.00 |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
10. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 11. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
|
||||||||||||||||||||||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމު މިސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އިނގުރައިދޫ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
|
|
||||||||||||||||||||||||||||||
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
ހ. މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި، މި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.
|
:
|
||||||||||||||||||||||||||||||
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
|
||||||||||||||||||||||||||||||
|
މި އިޢުލާނުގެ ދަށުން މަތީގައިވާ ޝަރުތު ހަމަވާ ފަރާތެއް ދާއިމީ މަޤާމަށް ނުލިބިއްޖެނަމަ، ތިރީގައިވާ ޝަރުތު ހަމަވާ ފަރާތެއް ވަގުތީ މަޤާމަކަށް 3 މަސްދުވަހުގެ މުއްދަތަށް ނެގުމަށް ހަމަޖެހިފައިވެއެވެ. މަޤާމުގެ ގިންތި: ވަގުތީ މުއްދަތު: 3 މަސް ދުވަސް
ނޯޓް:
|
|
||||||||||||||||||||||||||||||
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580002 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6580382 އެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ. |
|
|
20 ޞަފަރު 1440
29 އޮކްޓޯބަރ 2018
ސަޢީދު އިބްރާހީމް
( ޕްރިންސިޕަލް )