ދިވެހިރާއްޖެ
ާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) 5ވަނަ މާއްދާގެ (ހ)ގެ (4)ގައި ނަފްސާނީ ބަލިތަކާ ބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެ މީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ކުރި، މި މިނިސްޓްރީގެ ނަންބަރު (IUL)459-DR/1/2018/126 ( 2ސެޕްޓެމްބަރ 2018) އިޢުލާނާ ގުޅޭގޮތުން ދަންނަވަމެވެ.
އެ އިޢުލާންގައި ބަޔާން ކުރެވުނު ފަދައިން ޤާނޫނު ނަންބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ނަފްސާނީ ބަލިތަކާބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގައި ހިމަނަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގައި، އެކައުންސިލަށް ކުރިމަތިލައްވި ފަރާތްތަކުން، މެމްބަރަކު ހޮވުމަށް ވޯޓުލުން އޮންނާނީ 4 ނޮވެމްބަރ 2018 ވާ އާދީއްތަ ދުވަހުގެ 10:00 އިން 13:00 ގައި، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގައެވެ.
ވޯޓުލުމާއި ވޯޓު ގުނުން އޮބްޒާވްކުރުގެ ފުރުޞަތު:
ވޯޓްލާތަނުގައާއި ވޯޓުގުނާތަނުގައި ކެނޑިޑޭޓަށް ނުވަތަ ކެނޑިޑޭޓް ކަނޑައަޅާ ފަރާތަކަށް އަދި މީޑިއާތަކަށް އޮބްޒާވްކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި އޮބްޒާވަރަކު ބެހެއްޓުމަށް ބޭނުންވެލައްވާ ކެނޑިޑޭޓަކު ނުވަތަ މީޑިއާއިން 30 އޮކްޓޯބަރ 2018 ކުރިން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ލިއުމުން އަންގަންވާނެއެވެ.
ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިޔުންތައް:
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އައި.ޑީ.ކާޑު ގެންނަންވާނެއެވެ.
މި ދެންނެވި ދާއިރާއިން މެމްބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ކުރިމަތުލުމުގެ ފުރުޞަތު މި މިނިސްޓްރީން ހުޅުވައިލުމުން ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ކެނޑިޑޭޓް ނަންބަރުތައް ތަރުތީބުކުރެވިފައިވާ ގޮތް ތިރީގައި މި ވަނީއެވެ. މިހެންވެ މި ކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
ކެނޑިޑޭޓް ނަމްބަރު |
ފުރިހަމަ ނަން |
އެޑްރެސް |
އަތޮޅާއި ރަށް |
1 |
ޝެހެނާޒް އިސްމާޢީލް |
މ.ފޮނިހެލެބެލިގެ |
ކ.މާލެ |
2 |
މުޙައްމަދު މުޞްޠަފާ ފާރޫޤު |
މއ. ނޫރަނުގެ |
ކ.މާލެ |
3 |
ޢަބްދުﷲ ފަޞީޙް |
ތްރީފްލާވަރ |
ސ.މީދޫ |
5 |
ސަމްހާ ނަޞީރު |
ގޮމަށިމާގެ |
މ.މުލައް |
24 އޮކްޓޯބަރ 2018