ދެންނެވުން
ނަންބަރު: (IUL)251-EDSS/251/2018/93
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 20:00
ސުންގަޑި:
29 އޮކްޓޫބަރު 2018 20:30
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ ދިއްދޫގައި ސިނާޢީ މަސައްކަތްކުރާ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގޮތުން އެ ފަރާތްތަކުގެ ލަފާ ހޯދުމަށްޓަކައި ބައްދަލުކުރުން
ހއ ދިއްދޫގައި ސިނާޢީ މަސައްކަތްތަކުގެ ގޮތުގައި ކުރަމުން އަންނަ، ވޯކްޝޮޕް، ވަޑާންގެ، ގަރާޖް، އަދި މި ނޫން ވެސް އެންމެހައި މަސައްކަތްތައް، ރަށުގެ އެއް ހިސާބަކަށް ބަދަލުކުރުމުގެ ގޮތުން އެ ފަރާތްތަކަށް ދިއްދުއިން ބިން ދޫކުރުމަށްޓަކައި، ދިއްދޫ ކައުންސިލުން އެކުލަވާލާފައިވާ ބައެއް ކުރެހުންތަކާއި، ޕްލޭންތައް ރައްޔިތުންގެ ބައްދަލުވުމަކަށް ކައުންސިލުން ހުށަހެޅުމުގެ ކުރިން، އެ ފަރާތްތަކުގެ ލަފައާއި މަޝްވަރާ ހޯދުމަށް މި ކައުންސިލުށް ބޭނުންވެއެވެ. އެހެންކަމުން، އެ ކަމަށްޓަކައި، ބާއްވާ ބައްދަލުވުމަކަށް، 29 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހުގެ ރޭ 8:30 އަށް ދިއްދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގަތުމަށް ޢާންމުކޮށް ދަޢުވަތު އަރުވަމެވެ.
28 އޮކްޓޫބަރު 2018