ދިވެހިރާއްޖެ
ތާރީޚް: 28 އޮކްޓޫބަރ 2018 ނަންބަރު: GS-177/IUL/2018/07
19 ޞަފަރު 1440
އިޢުލާން
ވަޒީފާގެ ފުރުޞަތު
މަޤާމް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެނަންބަރު: |
J-122881 |
ބޭނުންވާއަދަދު: |
01 (އެކެއް) |
މަޤާމްގެގިންތި: |
ދާއިމީ |
މަޤާމްގެރޭންކް: |
ޖީ.އެސް 3 |
މަޤާމްގެކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 1 |
ސެކްޝަން: |
އިދާރީ ސެކްޝަން |
މަޤާމްއޮތްއޮފީސް: |
ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ |
ވަޒީފާއަދާކުރަންޖެހޭތަން: |
ތ.ކަނޑޫދޫ ސްކޫލު / ތކަނޑޫދޫ |
މުސާރަ: |
-/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ) |
ސަރވިސްއެލަވަންސް: |
-/1500 ( އެއްހާސް ފައްސަތޭކަ ރުފިޔާ) |
އިތުރުއެލަވަންސް |
ސަޕޯޓިންގކޯއެލަވަންސް 2 (-/700 ހަތްސަތޭކަ ރުފިޔާ) |
އިތުރުޢިނާޔަތްތައް: |
1ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މިމާޤާމުގެ މައިގަނޑު މަސައްކަތަކީ ސްކޫލްގެ އިދާރީ ހިންގުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއެކު ސްކޫލްގެ މުވައްޒަފުންގެ ވަޒީފާއާއި ގުޅުންހުރި މަސައްކަތްތައް ކުރުމާއި އަދި މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމުގެ މަސައްކަތުގައި އެހީތެރިވުމެވެ.
1.1. ކަނޑައެޅިފައިވާ ގޮތުގެ މަތިން ރަސްމީގަޑިއާއި ނުރަސްމީ ގަޑީގައި އޮފީސް ހުޅުވާ ލެއްޕުން. 1.2. ކަނޑޫދޫ ސްކޫލްގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. 1.3. އިންވެންޓްރީގައި ހިމެނޭ ހުރިހައި އެސެޓެއްގައި ނަންބަރުޖަހާ ރެކޯޑް ބެލެހެއްޓުން. 1.4. މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމާ ގުޅޭ ފޯމްތައް ތައްޔާރުކުރުން. ސުޕަވައިޒަރުން މެދުވެރިކޮށް ފޯމް ފުރުން. 1.5. ސްކޫލްގެ ރަސްމީ އީމެއިލް ޗެކްކުރުމާއި / ސްކޫލުން ފޮނުވަންޖެހޭ އީމެއިލް ފޮނުވުން. 1.6. ކުދިންގެ ވައުޗަރ ދޫކުރުމާއި، ކިޔެވުމަށް ބޭނުންވާ ފޮތް ދޫކުރުން. 1.7. ކަނޑޫދޫ ސްކޫލްގެ ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުން. 1.8. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް އެދުމާއި، އެތަކެތި ލިބުމުން ސްޓޮކް ރެކޯޑަށް އެރުވުން. 1.9. ސެކްޝަނުގެ މަސައްކަތަށް ބޭނުންވާ ފޮތްތަކާއި ފައިލްތައް ތައްޔާރުކުރުން. 2. މުވައްޒަފުންގެ ވަޒީފާއާއި ގުޅޭ މަސައްކަތްތައް: 2.1. ސްކޫލްގެ މުވައްޒަފުންގެ ޕާސަނަލް ފައިލްތައް ބެލެހެއްޓުމާއި އަޕްޑޭޓް ކުރުން. 2.2. ސިވިލްސާރވިސް ޤާވާއިދާ ޚިލާފުވެގެން މުވައްޒަފުންނަށް އަޅާ ފިޔާވަޅުގެ ރެކޯޑްސް ބެލެހެއްޓުން. 2.3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި، ޗުއްޓީ ޗިޓް ހަދާ ޙަވާލުކުރުން. 3. އެހެނިހެން މަސައްކަތް: 3.1. ކަނޑޫދޫ ސްކޫލްގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. 3.2. ކަނޑޫދޫ ސްކޫލްގެ ފަރާތުން ޢާއްމުފަރާތްތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތަކަށް މަގުފަހިވާނޭހެން ޕަބުލިކް ރިލޭޝަންސް އާއި ބެހޭ ކަންތައްތައް ކުރުން. 3.3. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިހުތިރާމު ކުރުމާއި އޭގައި ބަޔާންކުރާ ގޮތަށް ޢަމަލުކުރުން. 3.4. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރަން ވާނެއެވެ. އިދާރީ ހިންގުމާއިބެހޭ ސެކްޝަންގެ އިސްވެރިޔާ އަންގާ ގޮތެއްގެ މަތިން ކަނޑޫދޫ ސްކޫލްގައި ހިންގޭ އެންމެހައި ޙަރަކާތްތައް ފަހިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތުގެމަތިން ސެކްޝަނުގެ އެހެން މުވައްޒަފުން ލައްވައި މަސައްކަތް ކުރުވައި، ސެކްޝަންގެ ވެރިޔާއަށް ކަމާގުޅޭ މަޢުލޫމާތު ދިނުން. |
މަޤާމުގެ ޝަރުޠު |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެކަންތައްތައް |
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު - މަސައްކަތުގެ ތަޖުރިބާލިބިފައިވާ މިންވަރު - މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން |
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ)ސިވިލްސަރވިސްއިންބޭރުވަޒީފާއެއްއަދާކޮށްފައިވާނަމަ،އެވަޒީފާއެއްއަދާކުރިމުއްދަތާއިކުރިމަސައްކަތްބަޔާންކޮށްއެއޮފީހަކުންދޫކޮށްފައިވާލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލައިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާއަދާކުރިމުއްދަތާއިކުރިމަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި |
ވަޒީފާއަށް އެދޭ ފޯމު މިސްކޫލްގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ކަނޑޫދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ |
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދައްވެގެން ލިބެންޖެހޭ ޖުމްލައަކީ % 45 އެވެ. |
ޝޯޓްލިސްޓްކުރުން |
މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށްކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެމަތިން މާކްސްލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވެލައްވާ ފަރާތްތަކުން ސްކޫލްގެ ނަންބަރ 6780573 ފޯނަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. |
19 ޞަފަރު 1440
28 އޮކްޓޫބަރ 2018