ކުއްޔަށް ހިފުން
ނަންބަރު: (IUL)251-EDSS/251/2018/87
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 15:44
ސުންގަޑި: 29 ނޮވެންބަރު 2018 14:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ ދިއްދޫ ކައުންސިލްގެ ބޭނުމަކަށް ރަށުން ފަޅު ގޯތި ކުއްޔަށް ހިފުން

ހއ ދިއްދުއަކީ ގިނަ ޢަދަދެއްގެ ފަޅު ގޯތިތައް ހުރި ރަށަކަށްވާތީއާއި، ބައެއް ގޯތިތައް އެ ގޮތަށް އެތައް އަހަރެއް ވަންދެން ހުރުމާއި، އެ ގޯތިތައް ސާފުނުކޮށް ހުރުމުގެ ސަބަބުން، އެ ގޯތިތަކުން އަވަށްޓެރިންނާއި މަގު ބޭނުންކުރާ މީހުންނަށް އުނދަގޫ ވާތީވެ، އެ ގޯތިތަކުގެ އެދެވޭ ބޭނުން ހިފުމަށް ދިއްދޫ ކައުންސިލުން ބޭނުންވެއެވެ. މި ގޮތުން، ދިއްދޫ ކައުންސިލުން އިސްނަގައިގެން، މި ގޯތިތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް އުފެއްދުމާއި، އަދި އެނޫން ވެސް އެ ފަދަ ރަށަށް ފައިދާހުރި މަސައްކަތްތައް ހިންގަން ވަނީ ގަސްދުކުރެވިފައެވެ.

ވީމާ، ރަށުގައި ހުރި ފަޅު ގޯތިތަކުގެ ތެރެއިން، ދިއްދޫ ކައުންސިލަށް ފަޅު ގޯތިތައް ކުއްޔަށް ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާ އެންމެހައި ފަރާތްތަކުން، އެ ގޯތިތައް މި ކައުންސިލަށް ދެއްވާނެ މުއްދަތަކާއި، ކުލި ބަޔާންކުރައްވައި، 29 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، އެކަން އަންގަވައިދެއްވުން އެދެމެވެ.

28 އޮކްޓޫބަރު 2018