ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/111
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:32
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެޔޮގޮތުގައި ކުނި ނައްތާލުމާއި ކުނި މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

އިޢުލާން

ހެޔޮގޮތުގައި ކުނި ނައްތާލުމާއި ކުނި މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް ފެށުން

ހެޔޮގޮތުގައި ކުނި ނައްތާލުމާއި ކުނި މެނޭޖުކުރުމުގެ ޢަމަލީ މަސައްކަތް 1 ނޮވެމްބަރ 2018 ގައި ފެށުމަށް، މިކައުންސިލުން މިދަނީ ތައްޔާރުވަމުންނެވެ. އެގޮތުން މިޚިދުމަތް ފެށުމާއެކު މިކައުންސިލުން އެކުލަވާލާ ފާސްކޮށްފައިވާ، ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު: 740/-R/2013) (27 ނޮވެމްބަރ 2013) އާއި މިގަވާއިދުގެ ދަށުން އެކުލަވާލެވި 30 އޯގަސްޓް 2018 ވީ ބުރާސްފަތި ދުވަހު ބޭއްވުނު މިކައުންސިލްގެ 2018 ވަނަ އަހަރުގެ 40 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ "ރައްކާތެރިގޮތުގައި ކުނި މެނޭޖުކުރުމާއި ކުނި ނައްތާލުމާއިބެހޭ އުޞޫލަށް" ޢަމަލު ކުރަން ފަށާނެ ވާހަކަ ދަންނަވަމެވެ. އަދި މިއުޞޫލު މިއިޢުލާނާއެކު އާންމު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

މިޚިދުމަތުގައި ބައިވެރިވުމަށް އެދޭ ފޯމު ނެގުމާއި ފޯމު ބަލައިގަތުމުގެ ޚިދުމަތް 28 އޮކްޓޯބަރު 2018 ވާ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހު 1:00 ށް މިކައުންސިލުން ދެމުން ގެންދާނެއެވެ.

އަދި ދަންނަވަމެވެ. މިނިޒާމުގައި ބައިވެރިވުމަށް ހުޅުވާލާ ދުވަހުން ފެށިގެން ފުރަތަމަ 30 ދުވަހުގެ ތެރޭގައި މިނިޒާމުގައި ބައިވެރިވާ ގޭބީސީތަކުން ފުރަތަމަ 6 (ހައެއް) މަސްދުވަހު ދައްކަންޖެހޭނީ މަހަކު -/75 (ހަތްދިހަ ފަސްރުފިޔާ) އެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  16 ޞަފަރު 1439

25 އޮކްޓޫބަރު 2018