ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I /2018/24
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:24
ސުންގަޑި: 07 ނޮވެންބަރު 2018 16:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް އިންޖިނިއަރ / ފަސްޓް އިންޖިނިއަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ޗީފް އިންޖިނިއަރ

ބޭނުންވާ ޢަދަދު

 1

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް ( 1 އަހަރު ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މަސްކިރާ ބޯޓްފަހަރުގައި / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އުޖޫރަޔާ އިނާޔަތްތައް:

 ބޭސިކް މުސާރަ -/10615 ރުފިޔާ މަހަކު

މީގެއިތުރުން ކަނޑުމަތީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ އޮޕަރޭޝަން އެލަވަންސް (ބޭސިކް މުސާރައިގެ %70) ، ހާރޑްޝިޕް އެލަވަންސް (ބޭސިކް މުސާރައިގެ %48) އަދި އެހެނިހެން އެލަވަންސްތައް ކުންފުނީގެ ޕޮލިސީގެ ދަށުން ލިބިދެވޭނެއެވެ. އަދި ކެއުމާއި ހުރުން ކުންފުނިން ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު:

  • ކަނޑުއުޅަނދުފަހަރުގައި މަސައްކަތްކުރުމުގެ ސެޓްފިކެޓްސް އޮތުމާއިއެކު ، ޗީފް އިންޖިނިއަރއަކަށް ކޮލިފައިޑްކަމަށް އަންގައިދޭ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އެސް.ޓީ.ސީ.ޑަބްލިއު ރިކުއަމެންޓްސްއަށް ކޮމްޕްލައިވާ 3000ކިލޯ ވޯޓް ނުވަތަ އަންލިމިޓެޑް ކިލޯވޯޓް ކެޓަގަރީގެ ސެޓްފިކެޓް) އޮތުން.
  • ކޮމްޕިއުޓަރ މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ އިންޖިނިއަރިންގ އެންމެހައި މަސައްކަތްތަކާއި ޒިންމާއާއި މަސްޢޫލިއްޔަތު ބޯޓުގެ ޗީފް އިންޖިނިއަރެއްގެ ހައިސިއްޔަތުން އަދާކުރުން.

މަޤާމު:

 ފަސްޓް އިންޖިނިއަރ

ބޭނުންވާ ޢަދަދު

 2

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް ( 1 އަހަރު ދުވަސް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 މަސްކިރާ ބޯޓްފަހަރުގައި / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އުޖޫރަޔާ އިނާޔަތްތައް:

 ބޭސިކް މުސާރަ -/9150 ރުފިޔާ މަހަކު

މީގެއިތުރުން ކަނޑުމަތީގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބިދެވޭ އޮޕަރޭޝަން އެލަވަންސް (ބޭސިކް މުސާރައިގެ %70) ، ހާރޑްޝިޕް އެލަވަންސް (ބޭސިކް މުސާރައިގެ %48) އަދި އެހެނިހެން އެލަވަންސްތައް ކުންފުނީގެ ޕޮލިސީގެ ދަށުން ލިބިދެވޭނެއެވެ. އަދި ކެއުމާއި ހުރުން ކުންފުނިން ހަމަޖައްސައިދެވޭނެއެވެ.

ޝަރުޠު:

  • ކަނޑުއުޅަނދުފަހަރުގައި މަސައްކަތްކުރުމުގެ ސެޓްފިކެޓްސް އޮތުމާއިއެކު ، ފަސްޓް އިންޖިނިއަރއަކަށް ކޮލިފައިޑްކަމަށް އަންގައިދޭ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އެސް.ޓީ.ސީ.ޑަބްލިއު ރިކުއަމެންޓްސްއަށް ކޮމްޕްލައިވާ 3000ކިލޯ ވޯޓް ނުވަތަ އަންލިމިޓެޑް ކިލޯވޯޓް ކެޓަގަރީގެ ސެޓްފިކެޓް) އޮތުން.
  • ކޮމްޕިއުޓަރ މަސައްކަތްކުރަން އެނގޭ، ޞިއްޙަތު ރަނގަޅު ފަރާތެއްކަމުގައިވުމާއިއެކު މުވައްޒަފުން ގޮވައިގެން މަސައްކަތްކުރެވޭނެ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

މަސްގަތުމުގައި ހަރަކާތްތެރިވާ ބޯޓުފަހަރުގެ ފަސްޓް އިންޖިނިއަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ އެންމެހައި ޒިންމާއާއި މަސްޢޫލިއްޔަތު އަދާކުރުން.

ނޯޓް: - މަތީގައިވާ މަޤާމުގެެ އިންޓަރވިއުއަށް ދައުވަތު ދެވޭނީ ޝަރުތުހަމަވާ ފަރާތްތަކަށެވެ.   

މަތީގައި ދެންނެވިފައިވާ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 07 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފް ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު) އަދި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލާއެކު)  ވަޒީފާއަށް އެދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ ރިސެޕްޝަންސްއަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެވުމަށް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932 އަށް ގުޅުއްވުން އެދެމެވެ.

                            28 އޮކްޓޯބަރ 2018 

28 އޮކްޓޫބަރު 2018