ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:14
ސުންގަޑި: 04 ނޮވެންބަރު 2018 13:00
މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
މިލަދުންމަޑުލު އުތުރުބުރީ ފީވަކު މެޖިސްޓްރޭޓް ކޯޓުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

މިކޯޓުގެ ސެކިއުރިޓީ ބެލެހެއްޓުން ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދާނެ ފަރާތެއް ހޯދުމާ ގުޅޭ.

 

މިކޯޓުގެ އިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން 27 ނޮވެންބަރ 2017 ގައި ކުރެވުނު ނަންބަރު: C05C/2017/01 އިޢުލާނާއި ގުޅިގެން ތައްޔާރުކުރެވިފައިވާ މަޢުލޫމާތު ޝީޓްގައި މައްސަލަތަކެއް ހުރުމުން އެއިޢުލާން ބާޠިލްކޮށް އަލުން އެ ފުުރުޞަތު ހުޅުވާލަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިކަންހުރި ޤާބިލު ފަރާތްތަކުން 04 ނޮވެންބަރ 2018 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 08 ނޮވެންބަރ 2018

އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00

އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.ފީވަކު މެޖިސްޓްރޭޓް ކޯޓު

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު:6540630 އަދި 6540631 ފޯނާ ގުޅުއްވުން އެދެމެވެ.

 

19 ޞަފަރު 1440

28 އޮކްޓޫބަރ 2018

28 އޮކްޓޫބަރު 2018