ވަޒީފާގެ ފުރުޞަތު
ނަންބަރު: J03C/2018/01
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 13 ނޮވެންބަރު 2018 14:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
އަގުކޮމެޓީގެ މެންބަރު (3އަހަރުދުވަހުގެ މުއްދަތަށް )/ވ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް

ވަޒީފާގެ ފުރުޞަތު

ނަންބަރ:

J03C/2018/01

ތާރީޚް:

28 އޮކްޓޫބަރު 2018  އާދިއްތަ

  • މަޤާމް:

އަގުކޮމެޓީގެ މެންބަރު (3އަހަރުދުވަހުގެ މުއްދަތަށް )

ރޭންކް:

-

  • މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ވ. ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް،ވ.އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތައް

  • ތަޢްލީމާއި، ތަޖްރިބާ:

1-  ލިޔަންކިޔަންދަތުމާއެކު މަސައްކަތަށްބޭނުންވާތަމްރީނެއް/ލައިސަންސެއް/ހުއްދައެއް/ސަނަދެއް ޙާޞިލްކޮށްފައިވުން، ނުވަތަ

2-  ލިޔަންކިޔަންދަތުމާއެކު މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

  • ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
 
  • މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޝަރުޢީ އަގުކުރަންޖެހޭ ތަކެއްޗާއި،ތަންތަން އަގުކުރުން.
  • އަތޮޅުގެ އެހެން ރަށްރަށުގެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާގުޅިގެން ޝަރުޢީ އަގުކުރަންޖެހިއްޖެނަމަ އެފަދަ ތަންތަނާ ތަކެތި އަގުކުރުން.
 
  • އުޖޫރައާއި، ޢިނާޔަތްތައް:

 

  • މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 300.00 (ތިން ސަތޭކަ ރުފިޔާ)
  • ހުށަހަޅަންޖެހޭ ލިޔުންތައް:
 
  • ފުރިހަމަކޮށްފައިވާ " އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފޯމް" ( މި ފޯމް ވ.ފެލިދޫ މެޖިސްޓްރޭޓްކޯޓުން ލިބެންހުންނާނެއެވެ.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ތަޢްލީމީސެޓްފިކެޓްތަކުގެ ކޮޕީ ( އަޞްލާއިއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ )
  • ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. 
 
  • ހުށަހަޅަންޖެހޭ ގޮތާއި،ސުންގަޑި:
 އަގުކޮމެޓީގެ މެންބަރުކަމަށް އެދޭ ފަރާތްތަކުން 2018 ނޮވެމްބަރުމަހުގެ 13 ވާ އަންގާރަ ދުވަހުގެ ކޯޓު ބަންދުވުމުގެ ކުރިން" އަގުކޮމެޓީގެ މެންބަރުކަމަށްއެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

 

އެހެނިހެން މަޢްލޫމާތު:

މި އިޢްލާނަކީ މި ކޯޓުގައި ޤާއިމްކުރާ އަގުކޮމެޓީގެ މެންބަރުންގެ ދަފްތަރު އެކުލަވާލުމަށްޓަކައި އެކަމަށް އެދޭ ފަރާތްތައް ހޯދުމަށް ކުރެވޭ އިޢްލާނެކެވެ. ފޯމްފޮނުވާ ފަރާތްތަކުގެ ތެރެއިން ޝަރުޠުފުރިހަމަވާ ފަރާތައް ހިމަނައިގެން އެކުލަވާލެވޭ މިދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އަގުކޮމެޓީ ޢައްޔަންކުރެވޭނީ ،ދަފްތަރުގައި ހިމެނިފައިވާ މީހުންތެރެއިން އަގުކުރަންޖެހޭ މައްސަލައަކާއިގުޅިގެން އަގުކުރެވޭ ތަނާއި، ތަކެއްޗާއި، މައްސަލައިގެ ޚަޞްމުނާއި ޢާއިލީގޮތުން ނުވަތަ ވިޔަފާރީގެ ގޮތުން ގުޅުންނެތް ނުވަތަ އެކަމުގައި މަޞްލަޙަތެއްނެތް މީހުންގެ ތެރެއިން މަދުވެގެން 3 ފަރާތެއް ހިމަނައިގެންނެވެ. އަދި  އަގުކޮމެޓީގެ ދަފްތަރުގައި ހިމެނުމަށް އެދި ހުށަހަޅުއްވައިގެން ރަޖިސްޓްރީގައިހިމެނޭ ފަރާތްތަކަކީ މިއަތޮޅުގެ އެހެން ރަށްރަށުގެ މެޖިސްޓްރޭޓްކޯޓުތަކުގައި ހިންގޭ މައްސަލަތަކުގެ ތެރެއިން ޝަރުޢީ އަގުކުރަންޖެހޭ މައްސަލަ ތަކުގައި މަސައްކަތްކުރަންޖެހިއްޖެނަމަ އެ ތަންތަނަށް ފޮނުވޭނެ ފަރާތްތަކެވެ. 

އަގުކުރުމުގެ މަސައްކަތް ކުރަމުންގެންދާނީ އެކަމަށްޓަކައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލްއެޑްމިނިސްޓްރޭޝަނުން  އެކަމަށް އެކުލަވާލައްވާފައިވާ އުޞޫލާއެއްގޮތްވާގޮތުގެ މަތިންނެވެ.

28 އޮކްޓޫބަރު 2018