ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)251-MS/251/2018/81
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 17:06
ސުންގަޑި: 04 ނޮވެންބަރު 2018 00:00
ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިއްދޫ ބަނދަރުގެ އުތުރު ސަރަޙައްދުން ޞިނާޢީ މަސައްކަތްތަކަށް ބިން ދޫކުރުމަށްޓަކައި އެ ސަރަހައްދު ސާފުކުރުމާއި، އެކި ފަރާތްތަކުގެ ތަކެތި ނެގުން

ހއ ދިއްދޫ ބަނދަރުގެ އުތުރު ހުރަސް ތޮށިން ފެށިގެން އުތުރު ސްޓޭޖްގެ އުތުރު މަގާ ހަމަށް އޮތް ސަރަޙައްދު މި ކައުންސިލުން ޕްލޭންކޮށް، ޞިނާޢީ މަސައްކަތްތަކަށް ބިން ދޫކުރުމުގެ ގޮތުން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް މި ކައުންސިލުން ފަށައިގަތުމަށްޓަކައި އެ ސަރަހައްދުގައި ހުރި އެކިއެކި ފަރާތްތަކުގެ ތަކެތި 4 ނޮވެމްބަރު 2018 ވާ އާދީއްތަ ދުވަހުގެ ކުރިން ނެންގެވުން އެދެމމި މުއްދަތުގެ ފަހުން އެ ތަނުގައި ހުރި ތަކެތި ކައުންސިލުން ނަގައި، ދިއްދޫ ކައުންސިލްގެ ގަވައިދު ނަންބަރު 2013/R-160 (ޢާންމު ތަންތަނަށާއި މަގުމައްޗަށާއި، ފަޅު ތެރެއަށް ދޫކޮށްލާފައިވާ ތަކެތި ނެގުމުގެ ގަވާއިދު) ގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެއީ ވެރި ފަރާތެއް ނެތް އަދި ދޫކޮށްލާފައިވާ ތަކެތި ކަމުގައި ކަނޑައަޅައި، އެ ގަވައިދުގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އެ ތަކެތި ނީލަން ކިޔަން ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މި ފަދަ ކަންކަމުގައި ދިއްދޫ ރައްޔިތުންގެ ފަރާތުން ދިއްދޫ  ކައުންސިލަށް އަބަދު ވެސް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ފަށްފަށުން ޝުކުރު ދަންނަވަމަވެ.

25 އޮކްޓޫބަރު 2018