ޢާންމު މަޢުލޫމާތު
ނަންބަރު: B-381/I-2018/46
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 05 ނޮވެންބަރު 2018 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުމާއި ގުޅޭ،

* ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ދޫކުރުން

   މި އިދާރާއިންދޭ މަޢުލޫމާތާ އެއްގޮތަށް ކުޑަހުވަދޫ ކުޑަހުވަދޫ ޕްރީސްކޫލް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

  • މަސައްކަތާއި ގުޅިގެންދެވޭ މަޢުލޫމާތުކަރުދާހާއި ފޯމް 2018 އޮކްޓޯބަރ 25 ވަނަ ދުވަހުންފެށިގެން 2018 ނޮވެމްބަރ 05 ވަނަދުވަހުގެ 13:00 ނިޔަލަށް މިއިދާރާއިން ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ. މަޢުލޫމާތު ކަރުދާހުގެ އަގަކީ 300.00 (ތިންސަތޭކަ) ރުފިޔާއެވެ.
  • ޕްރީބިޑް މީޓިންގ އޮންނާނީ، 2018 ނޮވެމްބަރ 8 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕަރޕޯސް ބިލްޑިންގ ސެމިނަރ ރޫމް1 ގައެވެ. އަދި ޢިމާރާތާއި ތަކެތި ބައްލަވާލަންވަން އެދިލައްވާ ފަރާތްތަކަށް ހަމަ އެގަޑީގައި އެފުރުސަތު  ލިބިވަޑައިގަންނަވާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގއަށް ވަޑައިގެންނެވުމަކީ ވަރަށް އެދެވިގެންވާކަމެއްކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަވާ ފަރާތަކަށް އެދިވަޑައިގަންނަވާ މެއިލްއަކަށް މަޢުލޫމާތުގެ ޕީ.ޑީ.އެފް ކޮޕީއެއް މެއިލްކޮށްދެވޭނެއެވެ.
  • އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 2018 ނޮވެމްބަރ 12 ވަނަ ދުވަހުގެ  13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނާ ރޫމް 1 ގައެވެ.
  • މައުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
  • ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • ޢިމާރާތް ކުއްޔަށް ދޫކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސްދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
  • މިކަމާ ގުޅިގެން  ކޮށްފައިވާ މި އިދާރާގެ ނަންބަރު: A-381/I/2018/30 (17 ޖުލައި 2018) ގެ އިއުލާނަށް އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާތީ އެ އިއުލާން ބާތިލްކޮށް އަލުން އިއުލާންކުރީމެވެ.

ޢިމާރާތުގެ ކުލި

60%

މާލީ ތަނަވަސްކަން

10%

ފަންނީ ޤާބިލްކަން (މަސައްކަތުގެ ތަޖްރިބާ)

15%

އިންސާނީ ވަޞީލަތް

15%

އިތުރުމަޢުލޫމާތު،  މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

 

ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 އޮކްޓޫބަރު 2018