މަސައްކަތް
ނަންބަރު: GS33/2018/18
ޕަބްލިޝްކުރި ތާރީޚް: 25 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 04 ނޮވެންބަރު 2018 13:30
ބ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
2019 ވަނައަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މިމަދަރުސާގެ 2019  ވަނައަހަރު ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.     

 

 

މަޢުލޫމާތު ސާފުކުރުން

އަންދާސީހިސާބު ހުށަހެޅުން

 04 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 13:30 އަށް ސްކޫލް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުން.

 08 ނޮވެމްބަރ 2018 ވަނަ ދުވަހުގެ 13.00 އަށް ސްކޫލްއޮފީހަށް ވަޑައިގެން  އަންދާސީ ހިސާބު ހުށައެޅުން.

 

  އަންދާސީ ހިސާބު ހުށަހަޅުއްވާނީ އެކަމަށް  މިސްކޫލުން ދޫކުރާފޯމެއްގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތުސާފުކުރައްވާފައިވާ  ފަރާތްތަކުގެނަމުގައި އެކަންޏެވެ. އެހެންފަރާތެއްގެ ނަމުގައިހުށަހަޅުއްވާ އަންދާސީހިސާބު ބާތިލްކުރެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމުގަޔާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް ފުރުޞަތު ނުދެވޭނެ ވާހަކަ ދެންނެވީމެވެ.

އަދި ދަންނަވަމެވެ. މިމަސައްކަތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު:2014/18 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު: 2014/19 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް  އެކަންޏެވެ.

 

  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:  ފޯން ނަމްބަރ 6600034 ނުވަތަ 9131755 

          25 އޮކްޓޯބަރ 2018 މ. 

25 އޮކްޓޫބަރު 2018