ދިވެހިރާއްޖެ
ގާފަރު ސްކޫލް
ކ.ގާފަރު ނަމްބަރު: GS147-C/2018/20
ގެއެއް ކުއްޔަށް ހިފަން
އިޢުލާން
ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:
2019 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން ބޭނުންވެއެވެ.
ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 |
08 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 |
އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/18 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ 2014/19 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
16 ޞަފަރު 1440