ވަޒީފާގެ ފުރުޞަތު
ނަންބަރު: 2018/02
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 01 ނޮވެންބަރު 2018 13:00
ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ހައުސްކީޕަރ (ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓު)

ވަޒީފާގެ ފުރުޞަތު

ނަންބަރު: 2018/02

ތާރީޚް:24 އޮކްޓޯބަރ  2018

މަޤާމު

ހައުސްކީޕަރ (ދާއިމީ)

ރޭންކް

އެސް.އެސް 1

ޢަދަދު

01  (އެކެއް)

މަސައްކަތްކުރަންޖެހޭ ތަން

ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3،100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް:  މުސާރައިގެ %25

- ސަރވިސް އެލަވަންސް: -/1،000

- ލިވިންގ އެލަވަންސް: -/2،550

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. އޮފީހުގެ އެތެރެއާއި ބޭރު ކުނިކަހާ ސާފުކުރުން.
  2. ފާޚާނާތައް ސާފުކުރުން.
  3. މުޅިއިމާރާތުގެ އެތެރޭގެ ހުރިހާ ކާޕެޓްތައް ސާފުކުރާއިރު އަދި މުށިޖަހާފައިވާ ސަރައްހައްދުގައި މޮޕް އަޅާ ދޮވެ ސާފުކުރުން.
  4. ކޯޓުގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކަށް ސައި ތައްޔާރުކުރުން.
  5. ސައިކޮޓަރީގައި ހިފާ ގެންގުޅޭ ހުރިހާ ތަކެއްޗެއް ސާފުތާހިރުކޮށް ބެލެހެއްޓުން. މިނޫނަސް އޮފީހުގެ މޭޒުތައްމަތީ ގެންގުޅޭ ތަށިފަދަ ތަކެތި ދުވަހުން ދުވަހަށް ދޮވެ ސާފުކުރުން.
  6. އޮފީހުގެ ވެރިންގެ ކޮޓަރިކޮޅަށް ބޯފެން ގެންގޮސް ދިނުން.
  7. ސައިތައްޔާރުކުރުމަށް ބޭނުންވާ ތަކެއްޗާއި، މިނޫނަސް އޮފީހުން ޚަރަދުކޮށް ގަންނަންޖެހޭ ތަކެތި ގެނެދުނުމުގައި އެހީތެރިވުން.
  8. އޮފީހުން އަންގާ ގޮތެއްގެ މަތީން ނުރަސްމީ ގަޑީގައި އޮފީސް ބެލެހެއްޓުމަށްޓަކައި ޑިއުޓީއަށް ހާޟިރުވުން. 
  9. ކޯޓުން އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓުތައް އަމާނާތްތެރިކަމާއިއެކު ރައްދުކުރަންޖެހޭ ތަރީޚުގައި ރައްދުކުރަންޖެހޭ ގަޑިއަށް ރައްދުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮސްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއުލިޔަތު އެނގޭގޮތަށް)

6- އޮފީސް އެސިސްޓެންޓުގެ މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ A0,A1 ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސްންސްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

ސުންގަޑި

 

01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެކުރިން ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

މަޤަމަށް މީހަކު ހޮވުމުގައި އިސްކަންދޭނެކަންތައް.

  • މިވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ލިޔުންތަކުން ލިބޭ މަޢުލޫމާތުގެ އިތުރުން އިންޓަވިއުގައި، ކުރަންޖެހޭ މަސައްކަތުގެ މަޢުލޫމާތާއި ހުނަރު ހުރިކަން ސާބިތުކޮށްދެވޭނެ މިންވަރެއްގެ މައްޗަށް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަން ސާބިތުކޮށްދެވޭ ފާރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެންނަ ފަރާތްތަކަށާއި ސ.ހުޅުދޫގައި ދިރިއުޅޭ ފަރާތްތަކަށް.

އިތުރު މަޢުލޫމާތު

 

 

  • މިއީ މިކޯޓުގައި ހުސްވެފައިވާ ހައުސްކީޕަރ ގެ މަޤާމަށް މީހަކު ހޯދުމަށް މިކޯޓުން ކުރެވުނު ނަންބަރ 01/2018 (15 އޮކްޓޯބަރ 2018) އިޢުލާނަށް އެކަށީގެންވާ ވަރަށް މީހުން ކުރިމަތިލާފައި ނުވާތީ އެއިޢުލާން ބާޠިލްކޮށް ކުރެވޭ އިޢުލާނެކެވެ.
  • މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމް ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
24 އޮކްޓޫބަރު 2018