ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305/305/2018/110
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:22
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

އިޢުލާން

ހިމާޔަތް ކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން

ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޙިމާޔަތް ކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް ގޯނާ ކުރަމުންދާ ކަމުގެ ޝަކުވާ އެންވަޔަރމެންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ތަކުރާރުކޮށް ލިބެމުންދާކަމަށް ވަނީ އަންގަވާފައެވެ. އެގިވަޑައިގަންނަވާނޭ ފަދައިން އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެކެވެ. އަދި ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނި ލޯފިނދާއި މިބާވަތުގެ ހުރިހާ ދޫންޏަކީވެސް މިދުވަސްވަރު ގިނަ އަދަދަކަށް ރާއްޖެއަށް ހިޖުރަކުރާ ދޮންދޫނި މޫސުމަށްވެފައި، މިފަދަ ބާވަތުގެ ދޫންޏަކީ މަދިރި ކޮންޓޮރޯލު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދޫނިތަކަކަށް ވާތީވެ، މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށް ދިނުމުގައި މިފަދަ ދޫނިތައް އަދާކުރާ ދައުރަކީ ނުހަނު މުހިއްމުކަމެއް ކަމަށްވާތީވެ،ދިވެހިރާއްޖެއަކީ މިފަދަ ދޫނިތަކަށް ރައްކާތެރި މާހައުލެއްގެ ގޮތުގައި ހެދުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ދެންނެވީމެވެ.

ވީމާ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ ހިޖުރަކުރާ ދޫނިތަކާއި، ރަށުގައި އާންމުކޮށް އުޅޭ ދޫނިތައް ހިފާ ހައްޔަރުކޮށް ގޯނާކުރާ ފަރާތްތައް ހުއްޓުވައިދެއްވާ މިފަދަ ކަންކަން ކުރާ ފަރާތްތަކުގެ މަޢުލޫމާތު އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުއްވައި ދެއްވުމަށް އަންގަވާފައިވާތީ، މިގޮތުގެ މަތިން ޢަމަލުކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

14  ޞަފަރު 1440

23 އޮކްޓޫބަރު 2018