ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2018/298
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 31 އޮކްޓޫބަރު 2018 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސެކިއުރިޓީ އޮފިސަރުން ބޭނުންވެއްޖެ

ވަޒީފާގެ ފުރުޞަތު

މި ކުންފުނީގެ މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:02 (ދޭއް)

އަސާސީ މުސާރަ:މަހަކު -/3930 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން:އެސްޓީއޯ ފިއުލް ޑިސްޓްރިބިއުޝަން ސެންޓަރ (ކ.ފުނަދޫ)

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/2000 ރުފިޔާ އާއި، -/2500 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާ ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  • ފުނަދޫއަށް އަރާ ފައިބާ މީހުންނާއި ފިއުލްފާމް ސަރަޚައްދައް ވަދެ ނިކުމެވާ މީހުންނާއި، ޗާރޓާރ ވެސަލް އޮންނައިރު ޖެޓީއަށް އަރާ ފައިބާ މީހުންގެ ލޮގް ބެލެހެއްޓުން
  • ފިއުލްފާމާއި އިމާރާތްތައް އަދި އާންމު ސަރަޚައްދު ރައްކާތެރިކަމާއެކު ބެލެހެއްޓުން
  • ފިއުލްފާމާއި ޕައިޕްލައިން ތަކާއި، ފެންހޮޅިތައް ޗެކު ކުރުމާއި، ކަރަންޓް މައްސަލައެއް ހުރިތޯ އާއި، އަލިފާނުގެ ޙާދިސާއެއް ހިނގާފާނެފަދަ ކަމަކުން އަދި  ރައްކާތެރިކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ހިނގާތޯ ބެލުން
  • ފުނަދޫ ފަޅުތެރެއަށް ވަދެ ނިކުމެހަދާ އުޅަނދުފަހަރުގެ ލޮގް ބެލެހެއްޓުން

ފެންވަރު ނުވަތަ ޝަރުތު

  • ގްރޭޑް 10 ފުރިހަމަކޮށްފައިވުން
  • ނުރަސްމީ ގަޑިތަކުގައިވެސް ޝިފްޓް ޑިއުޓީ އަދާ ކުރެވޭނެ ފަރާތެއް ކަމުގައިވުން
  • އުމުރުން  18 އަހަރާއި 45 އަހަރުގެ ފަރާތެއް ކަމުގައިވުން

އެހެނިހެން ހުނަރު

  • ފަޔަރ ފައިޓިންގ އަދި ފަސްޓް އެއިޑް ކޯހެއް ހަދާފައިވާ ނުވަތަ މަޤާމުގެ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2018 އޮކްޓޯބަރ 31 ވާ ބުދަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯ ހެޑް އޮފީހަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެންވެސް ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344261  
24 އޮކްޓޫބަރު 2018