ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)248-ESMSMS/248/2018/90
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 01 ނޮވެންބަރު 2018 10:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ހޯދުމާއި ބެހޭ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ               

ހއ. އިހަވަންދޫ                                                   

ދިވެހިރާއްޖެ                              ނަންބަރު: IUL-248-ESMSMS/248/2018/90

 

                        

އިޢުލާން

ރަށު ޕިކަޕެއް ހޯދުމާ ބެހޭ.                          

               ރަށު ޕިކަޕެއް ހޯދުމާބެހޭ ގޮތުން ކުރެވުނު މިއިދާރާގެ ނަމްބަރު: (IUL)248-ESMSMS/248/2018/83 ( 15 އޮކްޓޯބަރު 2018 ) ގެ އިޢުލާނަށް އިޖާބަ ދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

               ވީމާ، ރަށު ޕިކަޕެއް މިއިދާރާއަށް ހޯދާދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 04 ނޮވެމްބަރ 2018 ވާ އާދިއްތަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. 

               މަޢުލޫމާތު ސާފުކޮށް ރަށުޕިކަޕެއް ހޯދާދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

               އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ރަށުޕިކަޕު ހޯދާދިނުމަށް އެދި  ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.

               މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 އޮކްޓޫބަރު 2018