ވަޒީފާގެ ފުރުޞަތު
ނަންބަރު: R1C-A/2018/05
ޕަބްލިޝްކުރި ތާރީޚް: 24 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:29
ސުންގަޑި: 04 ނޮވެންބަރު 2018 14:00
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިއުލާން

 

       މިކޯޓަށް ކޯޓް އޮފިސަރެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަންބަރު (R1C-A/2018/04 (13-08-2018 

އިޢްލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ޝަރުތު ހަމަވާ މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢްލާން ބާޠިލްކޮށް އަލުން އެމަޤާމަށް

މީހަކު ހޯދުމަށް އިޢްލާން ކުރަމެވެ.

 

މަޤާމް:

ކޯޓް އޮފިސަރ

ބޭނުންވާ ޢަދަދު:

01 ( އެކެއް )

މަޤާމުގެ ރޭންކް:

ޖީ.އެސް 3

މަޤާމުގެ އަސާސީ މުސާރަ:

-/4465 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓް / ޝަރީޢަތް ކުރުމާއި ބެހޭ ބައި

އެލަވަންސްތަކާއި އިނާޔަތްތައް:

- ސާރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ

- ޖުޑީޝަލް އެލަވަންސް: އަސާސީ މުސާރައިގެ %35 ( މަހަކު )

- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

މަޤާމުގެ އަސާސީ ޝަރުތު:

1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ނުވަތަ

2- މަސައްކަތުގެ ފެންވަރު  ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިއުމާއެކު ޖީ.އެސް.2 ރޭންކްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ތާވަލުކުރެވޭ ޝަރީޢަތްތަކުގެ އަމުރު ތައްޔާރުކޮށް ހަމަޖެހިފައިވާ އުސޫލުން ކޯޓް އަމުރު ބަހާ މުވައްޒަފު އާއި އަމުރު ޙަވާލުކުރުން.

- ޝަރީޢަތް ފެށުމުގެ ކުރިން ޝަރީޢަތުގެ މަޖިލީހުގެ އެންމެހައި ކަންކަން އިންތިޒާމު ކުރެވިފައިވޭތޯ ބަލައި ކަށަވަރު ކުރުން.

- ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މައްސަލަތަކުގެ ފައިލްތައް ތައްޔާރުކުރުން

- ޝަރީޢަތަށް ޙާޟިރުކުރެވޭ ފަރާތްތައް ޝަރީޢަތަށް ވެއްދުމުގެ އެންމެހައި ކަންކަން މެޖިސްޓްރޭޓުގެ އިރުޝާދާއެކު ކުރުން.

- ޝަރީޢަތުގެ މަޖްލިސަށް ޙާޟިރުކުރެވިފައިވާ މީހުން ޝަރީޢަތުގެ މަޖްލިސްގެ ޙުރުމަތް ގެއްލޭފަދަ އެއްވެސް ކަމެއް ޝަރީޢަތުގެ މަޖްލިސްގައި ހިންގަމުންދާނަމަ އެކަމެއް ހުއްޓުވައި މެޖިސްޓްރޭޓުންގެ އިރުޝާދާއެކު އަޅަންޖެހޭ ފިޔަވަޅު އެޅުން.

- ޝަރީޢަތާއި ގުޅިގެން ލިޔަންޖެހޭ ބަޔާންތައް ލިޔެ، ސޮއިކުރުވައި، ފައިލްކޮށް ބެލެހެއްޓުން.

-ޤަޟިއްޔާ ތަކާއި ގުޅިގެން ސަރުކާރުގެ އިދާރާތަކަށް ފޮނުވަންޖެހޭ ސިޓީ / މެސެޖް ލިޔެ ފޮނުވައި، އަޅަންޖެހޭ ފިޔަވަޅު އެޅިފައިވޭތޯ ބަލައި، ފައިލް ކޮށް ބެލެހެއްޓުން.

- ޖިނާއީ މައްސަލަތަކާއި ގުޅޭގޮތުން ފުރިހަކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ފުރިހަމަކޮށް އޭގެރިކޯޑް ތައް ބެލެހެއްޓުމާއި އަދި ކުށުގެ ރިކޯޑަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމަކޮށް އެ މައްސަލަ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓާއި ރިކޯޑްތައް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

- ޙައްދާއި ތަޢުޒީރުގެ ކަންތައް ނިންމުމާއި ޙައްދާއި ތައުޒީރު ފަސްކުރަންޖެހޭ މީހުންނަމަ ޙައްދާއި ތަޢުޒީރުގެ ރިކޯޑް ފޮތުގައިލިޔެ ޙައްދާއި ތަޢުޒީރު ފަސްކުރުން.

- ސެކްޝަނަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.

- މީގެ އިތުރުން ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް އެހެން ނަމަވެސް ޙާލަތު ނިޔާކުރާގޮތުން މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

- ވަޒީފާއަށް އެދޭ ފޯމް ( މިކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. )

- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އާއި ، ޓްރާންސްކްރިޕްޓްގެ ކޮޕީ ( ރާއްޖެއިން ބޭރުގެ އިންސްޓިޓިއުޓް ތަކުން ޙާޞިލް ކޮށްފައިވާ ސެޓްފިކެޓެއްނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރަންވާނެއެވެ. )

- ސްކޫލް ލީވިންގ ސެޓްފިކެޓްގެ ކޮޕީ.

- އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، މަޤާމުގެ ރޭންކާއި މަޤާމުގައިވާ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ.

- ފޯމާއެކު ހުށަހަޅަންޖެހޭނެ ކަމަށް އިޢްލާންގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާނަމަ، އެފޯމެއް ބާޠިލް ކުރެވޭނެއެވެ.

- ވަޒީފާއަށް އެދޭ ފޯމް ހުށަހަޅުއްވާނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށެވެ.

- ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އެގޭ އަޞްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. މިގޮތުން އިންޓަރވިއުއަށް ހޮވޭ މީހުން އިންޓަރވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަން ވާނެއެވެ.

ސުންގަޑި:

04 ނޮވެމްބަރ 2018 ގެ 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

- މި މަޤާމަށް ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވާނީ މަޤާމުގެ ވާޖިބުތައް އަދާކުރެވޭނެކަމަށް އިންޓަރވިއުގައި ސާބިތުކޮށްދޭ ފަރާތްތަކުގެ ތެރެއިންނެވެ.

- މި މަޤާމަށް އެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން އިޢުލާނާއި އެއްގޮތަށް ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކެންސަލް ކުރެވޭނެއެވެ.

- ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 20 އަށް ވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، ކަނޑައަޅާ ޢަދަދަކަށް އިންޓަރވިއު ކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

02 ޞަފަރު 1430

23 އޮކްޓޯބަރ 2018

24 އޮކްޓޫބަރު 2018