މަސައްކަތް
ނަންބަރު: (IUL)417-CA/417/2018/61
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 30 އޮކްޓޫބަރު 2018 13:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އަންޞާރު އަދި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ސިމެންތި ތާނގި ތައް ނަގައިދިނުމުގެ މަސައްކަތާއި ގުޅޭ

މަސްޖިދުލް އަންޞާރު ގޯތިތެރޭގައި ހުރި ހުރިހާ ސިމެންތި ތާނގީތައް އަދި ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި 02 ސިމެންތި ތާނގި ނަގައި، ކައުންސިލުން ދައްކާ ތަނަކަށް ގާ ކުނޑިތައް ގެންދިއުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ތިރީގައި މިވާ ގަޑިތަކުގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ.

އަންދާސީ ހިސާބު ހުށަހެޅުން

2018 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 13:00 ގައި (އަންގާރަ ދުވަސް)

ކައުންސިލް އިދާރާގެ ގޯތި ތެރޭގައިހުރި 02 ސިމެންތި ތާނގި، އަދި މަސްޖިދުލް އަންޞާރުގެ ގޯތިތެރޭގައި ހުރި ސިމެންތި ތާނގީތައް ނެގުމުމަށް ދެތަނަށް ވަކިވަކިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ދެ ސިޓީ އުރައިގެ ބޭރުގައި "މަސްޖިދުލްއަންސާރު ގޯތިތެރޭގައި ހުރި ސިމެންތި ތާނގިތައް ނަގައިދިނުމުގެ މަސައްކަތް" އަދި "ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި 02 ސިމެންތި ތާނގި ނަގައިދިނުމުގެ މަސައްކަތް" މިހެން ލިޔެފައި އޮންނަން ވާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 އޮކްޓޫބަރު 2018