މަސައްކަތް
ނަންބަރު: 363/2018/A-29
ޕަބްލިޝްކުރި ތާރީޚް: 23 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 11:11
ސުންގަޑި: 31 އޮކްޓޫބަރު 2018 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އިންފާރު މަރާމާތުކުރުން

އިޢުލާން

ކައުންސިލް އިދާރާގެ އިންފާރު މަރާމާތު ކުރުން

މިއިދާރާގެ އިންފާރު މަރާމާތު ކޮށްދިނުމަށް ކުރި ނަމްބަރ: 28-އޭ/363/2018 (10 އޮކްޓޯބަރ 2018) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީ ހިސާބުތަށް ބޮޑުކަމަށް މިއިދާރަށް ފެންނާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވުމާއިއެކު މިއިދާރާގެ އިންފާރު އަމިއްލަ ތަކެތީގައި މަރާމާތުކުރުމަށް ޝަޢުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާގޮތުގެމަތީން ވޭވަށު ކައުންސިލް އިދާރާގެ ޖަލްސާކުރާމާލަމަށް ހާޒިރުވެދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކްރުމާއި ލިޔެކިޔުން ހަވާލުކުރުން

28 އޮކްޓޯބަރ 2018

އާދީއްތަ

13:00

އަންދާސީ ހިސާބު ބަލައިގަތުން

31 އޮކްޓޯބަރ 2018

ބުދަ

13:00

 

އަންދާސީ ހިސާބު ހުށަހަޅާ ފޯމާއި ހަވާލުވެލެއްވުމަށާއި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ހާޒިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅެއްގެވެސް އައިޑީކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ހާޒިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައި މަޢުލޫމާތަށްޓަކާ ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށު ކައުންސިލް އިދާރާގެ އިންފާރު މަރާމާތުކުރުން" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލްކުރެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

23 އޮކްޓޯބަރ 2018

23 އޮކްޓޫބަރު 2018