ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)408-ESMS/408/2018/36
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:38
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި ކޮށްޓަށް އެޅުމާބެހޭ

އިޢުލާން

 


މިރަށު ކުނި ކޮށީގައި ކުނި އަޅާނެ ސަރަޙައްދެއް ކައުންސިލުން ކަނޑައަޅައި ކުނީގެ އެކިއެކި ބާވަތްތައް ވަކިކޮށް، ކުނި އަޅާނެ އިންތިޒާމު ހަމަޖައްސާފައި ވީނަމަވެސް ރަށުގެ އެކި ސަރަޙައްދު ތަކަށް (އަތިރިމައްޗާއި ވަލުތެރެއަށް) ކުނި އަޅަމުންދާކަމުގެ ޝަކުވާ މިއިދާރާއަށް ދަނީ ލިބެމުންނެވެ. 

ވީމާ، ކުނިކޮށި ނޫން އެހެން ސަރަޙައްދުތަކަށް ކުނި ނޭޅުމަށާއި، ކުނި އުކާ ފަރާތްތަކުން ކުނީގެ ބާވަތްތައް ވަކިކޮށްގެން ކުނިކޮށްޓަށް ގެންދިއުމަށާއި ކުނި އުކުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ކުނިކޮށީގައި ހުންނަ މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް ކުނި އެޅުމަށް ސަމާލުކަންދިނުމަށް ދަންނަވަމެވެ. އަދި ކުނި އެޅުމަށް ހަމަޖައްސާފައިވާ ސަރަހައްދުނޫން އެހެން ސަރަހައްދު ތަކަށް ކުނިއަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަވސް ދަންނަވަމަވެ. 

ކުނިއެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދުނޫން އެހެން ސަރަޙައްދުތަކަށް ކުނިއެޅުމަކީ ކުނިމެނޭޖު ކުރުމާބެހޭ ޤަވާޢިދު (2013/R-85) ގެ ދަށުން މަނާކަމެއްކަން މި ފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. 

22 އޮކްޓޫބަރު 2018