ދިވެހިރާއްޖެ
އިޢުލާން
ފ .މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާތުގެ އެލްމެނިއަމް ދޮރުތަކާއި، ސެޓްދޮރުތައްހަދާ ހަރުކުރުން
ފ .މަގޫދޫ ރައްޔިތުންގެ ޕާމްރެސްޓް ޢިމާރާތުގެ (އުތުރު ފަރާތު ބުލޮކް) ކޮޓަރިތަކާއި، ރެސްޓޯރެންޓްބައިގެ އެލްމެނިއަމް ދޮރުތަކާއި، ސެޓްދޮރުތައްހަދާ ހަރުކޮށްދޭނެ އަންދާސީ ހިސާބެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)372-A1/372/2018/17: އިއުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައަޅާފައިވަނީ އެންމެ ފަރާތަކަށްވާތީ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 އޮކްޓޫބަރ 28 ވާ އާދީއްތަދުވަހުގެ 13:30 ށް މިއިދާރާއަށްދުރުވެ މައުލޫމާތު ސާފްކުރެއްވުމަށްފަހު 2018 ނޮވެންބަރު 4 ވާ އާދީއްތަދުވަހުގެ 13:30 ށް އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މަޢުލޫމާތު ކަރުދާސް ބައްލަވައިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ކަރުދާ ރަސްމީގަޑިތަކުގައި ފ.މަގޫދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަގަކީ -/150ރ އެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށް މިއިދާރާގެ ނަންބަރ 6740014 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
13 ޞަފަރު 1440ހ
22 އޮކްޓޫބަރ 2018މ