މަސައްކަތް
ނަންބަރު: (IUL)401-E/401/2018/36
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 28 އޮކްޓޫބަރު 2018 13:00
ހައްދުންމަތީ ފޮނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

މިރަށު ގޭގެއިންނާއި، ޢާންމު ވިޔަފާރިކުރާ ތަންތަނާއި، ހޮޓާ ރެސްޓޯރެންޓް ކެފޭ އަދި ކުންފުނިތަކުން އުފެދޭ ކުނިތައް އެތަންތަނުންނަގާ ރަށުގެ އުތުރުކޮޅުގައި ހަދާފައިވާ ކުނިއަޅާ ސަރަހައްދަށް ގެންގޮސް ކުނި މެނޭޖްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 އޮކްޓޯބަރ 2018 (އާދީއްތަ) ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

                  އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިކައުންސިލްގެ ނަންބަރު 6800082 ފޯނަށް ގުޅުއްވުމުން ލިބޭނެ ވާހަކަ ދެންނެވީމެވެ.   

18 އޮކްޓޫބަރު 2018