ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)308/2018/33
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 09:36
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަދިގެ ކުންޏާއި ނެޕީ ނައްތާލުމާގުޅޭ

އިޢުލާން

ބަދިގެ ކުންޏާއި ނެޕީ ނައްތާލުމާގުޅޭ

ކުނި އުކާލުމާއި ކުނި ނައްތާލުމުގެ މަސައްކަތް ނެގި ފަރާތުން އެކަމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައެވެ. އަދި ބަދިގެ ކުންޏާއި ނެޕީ އެޅުމަށް ޚާއްޞަ ޑަސްޓްބިންތަކެއް ކުނިކޮށީގައި މިހާރުވަނީ ބެހެއްޓިފައެވެ.  މިޑަސްޓްބިނަށް ބަދިގެ ކުންޏާއި ނެޕީ އެޅުމަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ޙަފްތާގެ ކޮންމެ ދުވަހަކު ކޮންމެ ވަގުތަކުވެސް ބަދިގެކުންޏާއި ނެޕީ ކުނިކޮށީގައިވާ ޑަސްޓްބިނަށް އުކާލެވިދާނެއެވެ.

ވީމާ، މިއަދުންފެށިގެން ރަށުގެ ވަށައިގެންވާ އެއްވެސް ސަރަޙައްދަކަށް ބަދިގެ ކުންޏާއި ނެޕީ އުކާލުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ. އަދި ރަށުގެ އެއްވެސް ސަރަޙައްދަކަށް މިދެބާވަތުގެ ކުނި އުކާލާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ އެންމެހާ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މިކަމުގައި މިހާރުވެސް ރައްޔިތުން ދެއްވަމުންގެންދަވާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަ ކުރަމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

22 އޮކްޓޫބަރު 2018