ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)453-LTM-2/1/2018/13
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 08:46
ސުންގަޑި: 30 އޮކްޓޫބަރު 2018 11:00
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް
ދިވެހިރާއްޖެ
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ބޭނުމަށް ވެހިކަލް ހޯދުމާ ބެހޭ

އިޢުލާން

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ވެހިކަލް ހޯދުމާ ބެހޭ

 

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގައި ބޭނުން ކުރުމަށްޓަކައި ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރެވުނު އިއުލާން (އިއުލާން ނަންބަރު: IUL-453-LTM-2/1/2018/11)އަށް އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބް ހުށަހަޅާފައި ނުވާތީ ވެހިކަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާންކުރަމެވެ.

                    ވީމާ ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 25 އޮކްޓޫބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓްގައި ހުންނަ މި ކޮމާންޑުގެ މައި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޮކްޓޫބަރ 2018 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަޓާރޒްގައެވެ.

22 އޮކްޓޫބަރު 2018