ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)248-ESMSMS/248/2018/88
ޕަބްލިޝްކުރި ތާރީޚް: 21 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 29 އޮކްޓޫބަރު 2018 10:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުން

`

 

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ               

ހއ. އިހަވަންދޫ                                                   

ދިވެހިރާއްޖެ                              ނަންބަރު: IUL 248-ESMSMS/248/2018/88

 

                        

އިޢުލާން

 

މިރަށު ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުން                          

                  މިރަށު ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)248-ESMSMS/248/2018/79 ( 11 އޮކްޓޯބަރު 2018 ) ގެ އިޢުލާނަށް އިޖާބަ ދެއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ ދެ ފަރާތުން ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.  

                  ވީމާ، އެތަކެތި ހޯދާދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 29 އޮކްޓޯބަރު 2018 ވާ ހޯމަ ދުވަހު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 31 އޮކްޓޯބަރު 2018 ވާ ބުދަ ދުވަހު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

                  މަޢުލޫމާތު ސާފުކޮށް މި ތަކެތި ހޯދާދިނުމަށް އެދި އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ޕާޓްނަރޝިޕް، އަދި ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

                  އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް ހިނަވާގެއަށް ބޭނުންވާ ތަކެތި ހޯދުމަށް އެދި ހުށަހަޅާފައިވާ އަންދާސީ ހިސާބުކަން އެނގޭގޮތަށް ސިޓީއުރައިގެ ބޭރުގައި ލިއުއްވައިފައެވެ.

                  މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

21 އޮކްޓޫބަރު 2018