ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2018/99
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 29 އޮކްޓޫބަރު 2018 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީގެ މިދަންނަވާމަގާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެ

 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ                           Maldives Transport Authority

މާލެ، ދިވެހިރާއްޖެ                                          Republic of Maldives       

ނަންބަރު:  99/IUL)202-A/1/2018)       

އިޢުލާން

މި އޮތޯރިޓީގެ މިދަންނަވާ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކުރަމެވެ.                         

01. މަގާމް

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމް ނަމްބަރު

J-282183

ބޭނުންވާ އަދަދު

1

މަޤާމް ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަގާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމު އޮތް އޮފީހުގެ ނަމާއި ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން އަދި ވަޒީފާ އަދާކުރަންޖެހޭ ތަން

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ / ކ.މާލެ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން/ޔުނިޓް

އިންފޮމޭޝަން ޓެކްނޮލޮޖީ ސެކްޝަން / ހާރޑްވެއަރ އެންޑް ނެޓްވާރކިންގ ޔުނިޓް

މުސާރައާއި އިނާޔަތްތައް

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

-/2,000 ރުފިޔާ

ސަޕޯޓިވްކޯ އެލަވަންސް

-/700 ރުފިޔާ

އިތުރު އިނާޔަތްތައް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު

މަސައްކަތް:

  1. އޮތޯރިޓީގެ މަސައްކަތްތަކުގައި ބޭނުންކުރާ ސަރވަރތަކާއި، ފަޔަރވޯލްތަކާއި، ކޮމްޕިއުޓަރުތަކާއި، ފޮޓޯކޮޕީ މެޝިންތަކާއި، ޕްރޮޖެކްޓަރތަކާއި، ޕްރިންޓަރތަކާއި ސްކޭނަރ އަދި ކެމެރާ ފަދަ ތަކެތި ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  2. ކޮމްޕިއުޓަރ ނެޓްވާރކް ހަދައި މަސައްކަތްތަކަށް ފަސޭހަކޮށްދިނުން.
  3. އޮތޯރިޓީގެ މަސައްކަތްކައް ހަރުދަނާކޮށް ރަނގަޅުކުރުމަށް ބޭނުންވާ މެޝިނަރީޒް ދެނެގަނެ އެތަކެތި ހޯދުމަށް މަސައްކަތްކުރުން.
  4. ކޮމްޕިއުޓަރތަކަށް ދިމާވާ ހާރޑްވެއަރ މައްސަލަތައް ދެނެގަނެ ޙައްލުކޮށްދިނުން.
  5. ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް ބެލެހެއްޓުން
  6. ކޮމްޕިއުޓަރ ސިސްޓަމްތަކާއި ސާރވާފަދަ ތަކެތި އިންސްޓޯލްކުރުން
  7. ޓެލެފޯން ސިސްޓަމްތަކާއި، ޕީއޭބީއެކްސް ސަލާމަތާއި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  8. ފޯނާއި އެކްސްޓެންޝަން ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކޮށްދިނުން.
  9. ލިޔެކިޔުންތައް ފަސޭހައިން ހޯދޭނޭގޮތަކަށް ރައްކާތެރިކަމާއެކު ފައިލްކޮށް ބެލެހެއްޓުން.

މަޤާމުގެ ޝަރުތުތައް

އަސާސީ ޝަރުތު

  • ކޮމްޕިއުޓަރ ސައިންސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅޭ ތަޢުލީމީ ރޮގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާސިލްކޮށްފައިވުން

އިންޓަވިއު (އިމްތިހާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ އެބައިވެސް ހިމެނުން)

އިންޓަރވިއު ކުރުން:

 

 

 

 

ޝޯޓްލިސްޓް ކުރުން:

 

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއެކު ޕްރެކްޓިކަލް އެއް ދޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ ( ހުރަވީ ބިލްޑިންގ ގެ 01  ވަނަ ފަންގިފިލާ) ގައެވެ. އިންޓަރވިއު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2018 އިން ފެށިގެން 29 އޮގަސްޓް 2018 އާ ދެމެދު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައެވެ.

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ފެންވަރާއި ތަޖުރިބާއަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 31 އޮކްޓޫބަރު 2018 ގެ 14:00 ގެ ކުރިން، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

-     ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމް މި އޮތޯރިޓީގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 08:00 ން 14:00 އަށް ލިބެން ހުންނާނެއެވެ.

-  މީގެއިތުރުންވެސް މަޢުލޫމާތެއް ސާފްކުރައްވަން ބޭނުންވެލައްވާނަމަ، މި އޮތޯރިޓީގެ ގެ ނަމްބަރު: 3343420 / 3343421 އަށް ގުޅުއްވުން ނުވަތަ [email protected]   އަށް މެއިލް ކުރެއްވުން އެދެމެވެ.

 

08 ޞަފަރު 1440

17 އޮކްޓޫބަރު 2018

17 އޮކްޓޫބަރު 2018