ދިވެހިރާއްޖެ
ރ.އިނގުރައިދޫ ބަނދަރު ފަޅުތެރެއަށް ފައްތާ މޫރިންގ ކޮންކުރިޓް ބުޑުތައް ހެދުމަށް ބޭނުންވާ ތަކެތި ގަނެގެން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެގެން މިއިދާރާއިން ކުރި ނަންބަރު:IUL)309-AHI/309/2018/46) ގެ އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަކަށް މަޢުލޫމާތު ސާފުކުރައްވާފައި ނުވާތީވެ އެ އިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2018 ވާ ހޯމަ ދުވަހު މެންދުރުކުރި 10:15 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 01 ނޮވެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 10:15 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ގެންނެވުމަށް ހަދުމަފުޅުކޮށް އަރުވަމެވެ.
ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދަސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- Ø މަޢުލޫމާތު ސާފުކުރަން ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް
- Ø ފެކްސް ، މެއިލް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް
- Ø ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް
- Ø މަޢުލޫމާތުތައް ފުރިހަމަ ނުވާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައި ނުވާ އަންދާސީ ހިސާބުތައް ބާޠިލްވާނެއެވެ.
ހުށަހަޅާ އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތް
- މަސައްކަތުގެ އަގަށް: %90 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކުސް ލިބޭނެއެވެ.)
- މަސައްކަތުގެ މުއްދަތު: %5 (ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
- މަސައްކަތުގެ ތަޖުރިބާ: %5
- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، މީގެ ކުރިން ކޮންސްޓްރެކްޝަނަށް ބޭނުންވާ ތަކެތި ޑެލިވަރީ ކޮށްދީފައިވާ ފަރާތްތަކެވެ. އަދި މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓާރއަށް ބަލާފައެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެންދުނު 9:00 ން މެންދުރުފަހު 2:00 އާ ދެމެދު މިއިދާރާގެ ނަމްބަރު 6580028 ފޯނަށެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.