ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)303-AS/2018/47:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 10:18
ސުންގަޑި: 25 އޮކްޓޫބަރު 2018 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

       އުނގޫފާރު، ދިވެހިރާއްޖެ                                 ނަންބަރު: IUL)303-AS/2018/47)

އިޢުލާން

ވަޒީފާގެ ފުރުސަތު

މަޤާމް:              މަސައްކަތު

މަޤާމުގެ އަދަދު:        1

މަސައްކަތް ކުރާތަން:     އުނގޫފާރު ރައްޔިތުންގެ ކުނިކޮށި / އުނގޫފާރު ކައުންސިލް އިދާރާ

މުސާރަ:             3300.00 ( ތިންހާސް ތިންސަތޭކަ ރުފިޔާ )

ސާރވިސް އެލަވަންސް:   މުސާރައިގެ %30

ހާޒިރީ އެލަވަންސް:      މުސާރައިގެ %20           

                  މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސް އާއި ހަމަޖެހިފައިވާ އުޞޫލުން ބަންދު ދުވަހުގެ ފައިސާ އަދި އިތުރުގަޑީގައި ކުރެވޭ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި  ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުތު:

1-      އަސާސީ ތަޢުލީމުގެ ފެންވަރު ހުރުން

2-      ސިއްޙަތު ރަގަޅުމީހަކު ކަމުގައިވުން

3-      ގިނަވަގުތު މަސައްކަތު އުޅެވޭ މީހެއްކަމުގައިވުން

މަޤާމަށް މީހަކު ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

1-      ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހެއްގެ 8:00 އަށް ޕިކަޕަށް އެރުން

2-      ގޭގެއިން ނަގާ ކުނި ވަކިވަކި ޑަސްޓްބިންތަކަށް އަޅާ ކުނި ވަކިކުރުން

3-      ކޮންމެ ދުވަހަކު ނަގާ ކުނި އެދުވަހެއްގެ 2:30 ފަހުން އެންދުން

4-      ކުނިވާ ތަކެތި މޫދަން އުކާލުންފަހު އެޑަސްބިންތައް ރަގަޅަށް ސާފުކޮށް ދޮވުން

5-      ކުނި އަންދާ ނިމުމުން އަށިކައިރިއާއި ކޮންކްރީޓް ޝީޓްމަތި ސާފުކޮށް ކުނިކެހުން

6-      ހުކުރު ހޮނިހިރު ދެދުވަހު 8:00 އަށް ޕިކަޕަށް އަރާ ކުނި ނެގުމަށް ތައްޔާރުވުން

ހުށަހަޅަންޖެހޭ ތަކެތި:

   1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

   2- އައިޑީ ކާޑް ( ކިޔަން އެގޭ ސާފް ) ކޮޕީ

   3- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ލީވިންގް ސެޓްޕިކެޓްގެ ކޮޕީ

   4- އެހެން ތަނެއްގެ ވަޒީފާއެއްގައި އުޅެފައިވާނަމަ އުޅެފައިވާ މުއްދަތު އެގޭގޮތަށް އެތަނުގެ ތައްގަޑުޖެހި ލިޔުން.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް: މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

ވަޒީފާއަށް އެދި ހުށަހެޅުމުގެ ސުންގަޑި : 25 އޮކްޓޫބަރ 2018،  ބުރާސްފަތި ދުވަހުގެ 12:00 ޖެހުމުގެ ކުރިން މިއިދާރާއަށެވެ.

މިމަޤާމަށް އެދިހުށައަޅާ ފަރާތްތަކަށް އިންޓަވިއުކުރުން އޮންނާނީ 31 އޮކްޓޫބަރ 2018،  ބުދަ ދުވަހު ރ. އުނގޫފާރު ކައުންސިލްއިދާރާގައެވެ.

                   08  ޞަފަރު  1440   

                   17 އޮކްޓޯބަރ 2018

17 އޮކްޓޫބަރު 2018