ދެންނެވުން
ނަންބަރު: 60-ADM/2018/288
ޕަބްލިޝްކުރި ތާރީޚް: 16 އޮކްޓޫބަރު 2018
ޕަބްލިޝްކުރި ގަޑި: 16:08
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ކްރެޑިޓް ސްކީމަށް ބަދަލުއައުން

އެސްޓީއޯ ކްރެޑިޓް ސްކީމަށް ބަދަލުއައުން  

މިކުންފުނީގެ ކްރެޑިޓް ސްކީމަށް 2018 ނޮވެމްބަރ 01 ވަނަ ދުވަހުން ފެށިގެން ތިރީގައި ދެންނެވިފައިވާ ގޮތަށް ވަނީ ބަދަލުގެނެވިފައެވެ.

- ގެރެންޓީދޭ ފަރާތުން އެސްޓީއޯ އަށް ދައްކަންޖެހޭ ފައިސާއެއްވާނަމަ ނުވަތަ އެހެން ފަރާތަކަށް ގެރެންޓީދެވި އަދި ފައިސާ ނުލިބިވާނަމަ އެފައިސާ ދެއްކުމަށް ރަސްމީ 7 (ހަތެއް) ދުވަސް ދިނުމަށްފަހު ނުދައްކަވާނަމަ ކްރެޑިޓް ސްކީމްގެ ދަށުން މުދާ ހޯދުމަށް ހުށަހަޅާފައިވާ ފޯމް ބާޠިލް ކުރެވޭނެއެވެ. ނަމަވެސް ފައިސާ ދައްކައި ޚަލާޞްކުރުމުން އަލުން ފޯމް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ.

- ކްރެޑިޓް ސްކީމަށް ދޫކުރެވޭ މުދަލާއި ގުޅިގެން ތައްޔާރުކުރެވޭ އިންވޮއިސް ކްރެޑިޓް ސްކީމަށް ނަގާ ފަރާތަށް ނުވަތަ ގެރެންޓަރ އަށް އެސްޓީއޯއިން  ފޯރުކޮށްދިނުމުން،  މިވަޒީފާ އަދާކުރާ ފަރާތަށް އިންވޮއިސް ޙަވާލުކުރަންވާނީ ކްރެޑިޓް ސްކީމަށް މުދާ ނަގާ ފަރާތުންނެވެ.

- ކްރެޑިޓް ސްކީމަށް މުދާނަގާ ފަރާތުން އެސްޓީއޯށް ދައްކަންޖެހޭ ފައިސާ ނުދައްކައި ވަނިކޮށް ވަޒީފާއިން ވަކިވެއްޖެ ނަމަ، ނުވަތަ އަދާކުރަމުންދާ ވަޒީފާ ބަދަލުވެއްޖެ ނަމަ، އެކަން ވީ އެންމެ އަވަސް ފުރުޞަތެއްގައި އެސްޓީއޯ އަންގަން ވާނެއެވެ. ކްރެޑިޓް ސްކީމަށް މުދާނަގާ ފަރާތް ވަޒީފާއިން ވަކި ވުމުގެ ސަބަބުން، ވަޒީފާ ބަދަލު ކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާއި ހުރެ އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދައްކައިފިނަމަ، ފައިސާ ނުދައްކައި އިތުރުވާ ކޮންމެ ދުވަހަކަށް، ކްރެޑިޓް ސްކީމް ބިލަށް ނުވަތަ އިންވޮއިސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ %0.05 (ޕޮއިންޓް ސުމެއް ފަހެއް އިންސައްތަ) ޖޫރިމަނާ ކުރެވޭނެއެވެ. އަދި ފައިސާ ދައްކައި ޚަލާސް ކުރެވެންދެން ޖޫރިމަނާ އަރަމުންދާނެއެވެ.

ވީމާ، މިކަން ކުންފުނީގެ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

16 އޮކްޓޫބަރު 2018